MTCC
Ooredoo

އިގުތިޞާދު އޮތީ ބޭރަށް ހިންގާފައި، ހުއްޓުވޭނެ ގޮތެއް ނެތް: ޔާމީން

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ އިގުތިސާދު އޮތީ 'ބޭރަށް ހިންގާފައި' ކަމަށް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ އިގުތިޞާދު އޮތީ ބޭރަށް ހިންގާފައި ކަމަށާއި އެކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

Ooredoo

އެ މަނިކުފާނުގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ ރާއްޖޭގެ އިގުތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރާއްޖޭގެ އިންފްލޭޝަން މިހާރު އަށް ޕަސެންޓުގައި ހުރި ކަމަށް ވިޔަސް އެއަށް ވުރެ ބޮޑަށް ތަކެތީގެ އަގުތައް އުފުލޭނެކަން ޔަގީން ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ އާމްދަނީ ދަށްވި ސަބަބާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެ ގޮތުން، އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވީ އަމިއްލަ ކުންފުނިތަކުގެ އިމާރާތްކުރުމުގެ އެއްވެސް މަޝްރޫއެއް ނުހިނގާތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ އިގުތިސާދު އޮތީ ބޭރަށް ހިންގާފައި ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ރިއަލް އެސްޓޭޓަކީ އެންމެ ބިޒީ، އެންމެ ބަޒްލިން އިންޑަސްޓްރީ. އެއެއް ނުހިނގާ. ޓޫރިޒަމް ދާއިރާގެ އެއްވެސް އާ އިންވެސްޓުމަންޓެއް ނުހިނގާ. ދެން ކޮން ގްރޯތެއްތޯ މިތާ އޮތީ؟ ގްރޯތެއް މިތާކު ނެތޭ. ހަމަ ލިކުއިޑިޓީ މި އޮތީ ވަކިކޮޅަކަށް ފަހިކޮށްލާފައި އޮތް ދިޔަދޮއްވެއްހެން. ހަމަ އަޅާ ހުރިހާ އެއްޗެއް ހަރުނުލާ ފައިބައިގެން ދަނީއޭ. އިގުތިޞާދު މި އޮތީ ބޭރަށް ހިންގާފައި އެނގޭތޯ. ޑައިރިއާ ޖެހިފައި މި އޮތީ. ހުއްޓުވޭނެ ގޮތެއް ނެތް،ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

މާލީ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، މާލީ ވަޒީރު މޫސާ ޒަމީރު ވެސް ތެދު މައުލޫމާތު ދޭން ނޫޅުއްވާ ކަމަށް ވިދާޅުވެ، ޔާމީން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، އިގުތިޞާދު ކުރިއަށް ގެންދާނެ އެއްވެސް "މެޝިނަރީ"އެއް ނެތް ކަމަށާއި އެއްވެސް ދާއިރާއަކުން ކުރިއެރުމެއް ނުފެންނަ ކަމަށެވެ.

ރާއްޖޭގެ ދަރަނި "ހަބޭހަށް" ބޮޑުވަމުންދާ ކަމަށާއި ބޭރު ގައުމުތަކުން އެއްވެސް ފައިސާއެއް ސަރުކާރަށް ނުހޯދޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

އިދާރީ ބޭންކް އެމްއެމްއޭ އަށް މީހަކު ވަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްވެސް ގައުމަކުން ދިވެހިރާއްޖެއަށް ފައިސާއެއް ނުދޭ. ދެން އެހެންވީމާ އޮތީ ހަމަ، ލޯ މަރާލާފައި ވެސް ބުނަން ޖެހޭނީ ދެން މި ހާލުގައި އޮވެގެން ހަމަ [ފައިސާ] ޗާޕުކުރުން ނޫން ގޮތެއް އެބައޮތް ހެއްޔޭ؟ އެކަމަކު ޗާޕުކުރީމާ ވަނީ ކިހިނެއްހޭ. ކަނޑައެޅިގެން އެބަ އެނގޭ ޗާޕުކޮށްފިއްޔާ ހަމަ އަނެއްކާ ވެސް އިތުރަށް ރިހޭ ފައި މައްޗަށް ވެއްޓޭނެ ފޮއެއްކަން. މި އުޅެނީ މެނޭޖުކުރަން ނޭނގިގެން،ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން މި ފަހަރު ޗާޕުކުރާ ފައިސާ ދެ މަހެއްހާ ދުވަހުގެ މުސާރަ ދޭއިރަށް ހުސްވާނެ ކަމަށެވެ. އެހެންވެ، ރާއްޖޭގައި އިކޮނޮމިކް އެއްވެސް އިންޑިކޭޓަރެއް ނުފެންނަ ކަމަށާއި ރައްޔިތުން ހިތްހަމަޖެހިލައިގެން ތިބެވޭނެ އެއްވެސް ސިގުނަލެއް ނެތް ކަމަށް ޔާމީން ފާޙަގަކުރެއްވިއެވެ. އަދި، ސަރުކާރުގެ ހުރިހާ ކަމެއް ހުރީ ޓާޝަރީ ފެންވަރުގެ "ރެޑް ލައިޓުގައި" ކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

އާމްދަނީ ނުލިބި، އެހީތެރިކަން ނުލިބި ސަރުކާރުން ގޮތްހުސްވެގެން ފައިސާ ޗާޕުކުރަން އުޅޭކަމަށް ޔާމީން ވިދާޅުވިއިރު، މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ އެމްއެމްއޭއިން ދައްކަން މަސައްކަތް ކުރަމުން އަންނަކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ. އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެ ފަދައިން ތުހުމަތުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލެއިން ބޮޑު ބިމެއް 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އާދިއްތަ ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއިން މި އަހަރު ބޮޑު އަދަދެއް ދަރަންޏަށް ދައްކަން ޖެހެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައުލޫމާތެއްގައި ވާގޮތުން މި މަހުގެ ނިޔަލަށް ވެސް ރާއްޖެއިން 150 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަންނަ މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ރާއްޖެއިން މި އަހަރު ޖުމުލަ 800 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އެއީ، ގާތްގަނޑަކަށް 12 ނުވަތަ 13 ބިލިއަނެއްހާ ދިވެހި ރުފިޔާއެވެ.

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން، ނަޝީދު ވެސް ވަނީ ފައިސާ ޗާޕުކޮށްފި ނަމަ ޑޮލަރު ރޭޓު 24 ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރައްވާފައެވެ. އެމްޑީޕީން ވެސް ވަނީ އެ ކަމުގެ ބުރަ އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް ބުނެފައެވެ.

Redstar
comment ކޮމެންޓް

comment ކޮމަންޓޭޓަރު

4 week 6 day ago

އަހަންނަށް ފެންނަ މަންޒަރު މިތާ ކޮމެންޓުކުރަން ދެން ތިބި މީހުންނަށް ވެސް ފެންނާނޭ ނަމައޭ ހިތަށް އަރާ! އެމްއެމްޕީއާރުސީގެ ޚިޔާނާތް ރައީސް ޔާމީނުގެ ބޮލުގައި އަޅުވައި، އެ ލާރި ހަގީގަތުގައި ކައްވާލި އަދީބާއި އަތުގުޅާލި ރައީސް އިބްރާހީމުގެ ހިޔަޅުކަމާއި، ނަޝީދާއި މުޢިއްޒުވެސް އެ މައްސަލަ އިތުރަށް ތަހުގީގުކުރާން ބޭނުން ނުވާ ސަބަބު ރައްޔިތުން ހޯދަން ނޫޅެނީ ކީއްވެބާ؟ ޔާމީނު ވައްކަން ކުރީމާ އޭނާއަށް އަދަބު ލިބޭ ފަދައިން، އަޑީގައި ތިބެގެން އެފައިސާ ބަނޑުއަޅަމުންދާ އެހެން މީހުން ގައުމުގެ މަތިފަޑީގައި ހޭކޭހާ ދުވަހަކު ކޮރަޕްޝަނާ ފަސާދަ މިގައުމުގައި ނުހުއްޓޭނެ. އެނގޭހާ ވެސް އެއްޗަކީ ޔާމީނަށް ވެރިކަމުގެ ފުރުސަތެއް ލިބިއްޖެ ނަމަ، އެމްއެމްޕީއާރުސީގެ ލާރިގަނޑުން ފައިދާ ނަގަމުންދާ ޢެންމެން ޖަލަށްލާނޭކަން. އެހެންވެ ހުރިހާ ވަގުން ގުޅިގެން ޔާމީނު އެކަނި ވަގެއްގެ ގޮތުގައި ދައްކައި އެވެރިން ހުދުފޭރާން ލައިގެން ޢެތިބީ ނޫންތަ؟

comment ދިލްސާ

1 month 2 day ago

ކޮންމީހަކުވެސް ވެރިކަމައްއަންނަނީ ރައްޔަތުންނައްފޮނިހުވަފެންތަކެއް ދައްކާފަ ވެރިކަމައްއާދެވުނީމަ ސިޔާސީގޮތުން މަންފާހޯދުންނޫން ކަމެއްނެތް ރަގަޅުލީޑަރެއްލިބިގެންނޫނީ ސިއާސީގޮތުން މަސައްކަތެއްނުކުރެވޭނެ މިވެރިކަންނިންމަން މާދަމާގެ ޒުވާންޖީލު ރެޑީވެއްޖެ ލީޑަރެއްލިބުމުން ނިކުންނަންރެޑީ

comment ޢިމޯޑިއަމް

1 month 2 day ago

ހައްލަކީ އިމޯޑިއަމް

comment އައިމަން

1 month 3 day ago

ހަމަ ދެދުފުޅެއް އެވިދާޅުވީ ރައީސް ޔާމީނަކީ ގަދަ ބޭފުޅެއް 2028 ގައި ދެން ވަޑައިގަންނަވަންވީ ރަައީސް ޔާމީން ނަމަވެސް އަދިވެސް ކޯޓުން މައްސަލަތަކެއް ނުނިމި ދިގުލައިގެންދާތީ މައްސަކައަކީ ދެއްތޯ؟ ޔާމީނަކީ ހަމަ މި ގައުމު މިހާރު މިދެކޭ ފަހުގެ ތަރައްގީގެ ބާނީ... މި ހަގީގަތް ބަދަލެއްނުވާނެ ދެއްތޯ؟

reply ދަވާލި ބާނީ

1 month 2 day ago

ތިބުނާ ބާނީ އަކީ އެމްއެމްޕީއާރްސީ އާއެކު ދަވާލި ބާނީ.އެތައް ގެއްލުމެއް ދީފަދިޔައީ

comment އަލީކޮ

1 month 3 day ago

ރ.ޔާމީނު އައިސްގެން އިގުތިސާދު ފަހިކުރެވޭނެ ކަމުގެ އުންމީދެއް އެބައޮތް. ކީއްވެ މިހެން ނުބުނާންވީ؟

reply ކަމަނަ

1 month 2 day ago

ޢަނެއްކާވެސް ސލާޙުއްދީނުލް އައްޔޫބީއާ އެއްފެންވަރަށް މީހަކު ނަގަހައްޓާފަ ހުރިހާ ދިމާލަކުން ދައުލަތުގެ ފައިސާ ކަޙާލާނެ މީހަކު ހަމަގައިމުވެސް މަތި ކުރާނެ ކަން ކަށަވަރު. ޢޭނާގެ ވިސްނުން ދެކި ބަލަ ޚަރަދު ކުޑަކުރަން އޭނާ ހުންނަވާނީ އަމިއްލަ ގޭގައި ކަމަށް ބުނެ ސަރުކާރުގެ ޚަރަދުގައި ގެ މަރާމާތު ކުރުވީ. ޕާރޓީގެ އައްޑާ އަކަށް މުލީއާގެ ހެއްދެވީ.

reply ނުބުނެވޭނެ

1 month 2 day ago

އެމްއެމްޕީއާރްސީ އިން ނެގިހާލާރި ނަގަފައި، ގައުމުދަވާލި މީހަކުގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތް، ތެދުވެރިކަމެއްނެތް. ދެން އައިސްފިނަމަ (ޔާ ﷲ އޭނަ ދުރުގަ ބަހައްޓަވާށި)، ނުނެގި ހުރިލާރި ނަގާނީ