ހުޅުލެއާއި ހުޅުމާޅެ ގުޅައިލަދޭ ހައިވޭގައި އެކްސިޑެންޓެއް ހިނގައި، ބްރިޖްގެ ޓްރެފިކް ބްލޮކް ވެއްޖެއެެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބްރިޖް ހައިވޭގެ، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހަތަރު ކާރު ޖެހި އެކްސިޑެންޓުވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި އެކްސިޑެންޓުގައި އެކަކަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ވެސް މައުލޫމާތު ލިބެެއެވެ. ނަމަވެސް، އޭނާއާ ބެހޭ މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_169659887729WZG7.jpg)
ހައިވޭ މަތީގައި ދެ ކާރެެއް ޖެހި އެކްސިޑެންޓެއް ވެފައި --
ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން ބްރިޖްގެ ޓްރެފިކް ބްލޮކް ވެފައިވާ ކަމަށާއި ބްރިޖް ބޭނުންކުރާ ފަރާތްތަކުން މި ކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
އެކްސިޑެންޓުގެ ސަބަބުން އުފެދުނު ޓްރެފިކް ބްލޮކް މިހާރު ވަނީ ހައްލުވެފައެވެ. އެކްސިޑެންޓުގެ ސަބަބުން ޓްރެފިކް ބްލޮކްވެފައި ގަޑިއިރަކަށް ވުރެ ގިނައިރު ވަންދެން އޮތެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ކިޔައިދިން ގޮތުގައި 100އެއްހާ ކާރުގެ ދިގު ކިޔޫއެއް ބްރިޖާއި ހައިވޭގައި މިއަދު ހަދައިފައި އޮތެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ކިޔައިދިނެވެ.