ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ''މުއިއްޒު ފޯ އީ-ސްޕޯޓްސް'' ފަށައިފި

"މުއިއްޒު ފޯ އީ-ސްޕޯޓްސް" މުބާރާތުގެ ތެރެއިން-- ސަން ފޮޓޯ

ޒުވާނުންނަށް އަމާޒުކޮށްގެން، ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ބާއްވަވާ "މުއިއްޒު ފޯ އީ-ސްޕޯޓްސް" މިއަދު ފަށައިފިއެވެ.

މިއަދު ޗަންޕާ ހޮޓެލްގައި 15:00ގައި ފެށި މި މުބާރާތް މިރޭ 20:00އާ ހަމައަށް ކުރިއަށްދާނެއެވެ.

ވީއާރް ސްޓޭޝަނެއް ގާއިމްކޮށްގެން ބާއްވާ މި އީ-ސްޕޯޓްސް މުބާރާތުގައި 32 ކުޅުންތެރިން ވާދަކުރެއެވެ.

މި މުބާރާތުން ވަނަވަނައަށް އަންނަ މީހުންނަށް އަގުހުރި އިނާމްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެއް ވަނައަށް އަންނަ ކުޅުންތެރިއަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. އަދި ދެވަނައަށް ދާ މީހަކަށް އެންމެ ފަހުގެ ފީފާ ސީޑީގެ ވައުޗާއެއް ލިބޭނެއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް މުއިއްޒު ވަޑައިގަންނަވާނެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޑރ. މުއިއްޒު ކެމްޕޭން ތެރޭގައި ޒުވާނުންނަށް ޚާއްޞަ އިސްކަމެއް ދެއްވައި، ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބައްދަލުވުންތައް ބާއްވަވާފައިވެއެވެ. އެގޮތުން މިރޭ 18:30ގައި ޗަންޕާ ހޮޓަލުގައި، އަލަށް ވޯޓުލާ ބައެއް ޒުވާނުންނާ މުއިއްޒު ބައްދަލުކުރައްވާނެއެވެ.

comment ކޮމެންޓް