ގިމަރޭސް، ނިއުކާސަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި

ނިއުކާސަލްގެ ބްރެޒިލް މިޑްފީލްޑަރު ބްރޫނޯ ގިމަރޭޒް -- ފޮޓޯ/ ގެޓީ

ނިއުކާސަލް ޔުނައިޓެޑުގައި 2028ގެ ނިޔަލަށް މަޑުކުރުމަށް ބްރެޒިލް މިޑްފީލްޑަރު ބްރޫނޯ ގިމަރޭޒް، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.

އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ގިމަރޭޒް ވަނީ އިތުރު ފަސް އަހަރު ދުވަހަށް ކޮންޓްރެކްޓް އާކޮށްފައެވެ. އަދި އެ ކޮންޓްރެކްޓުގެ ދަށުން އޭނާ އެހެން ކްލަބަކުން ބޭނުންވާ ނަމަ، 100 މިލިއަން ޕައުންޑް (122 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއް ހުށަހަޅަން ޖެހޭނެ ކަމަށް ފަބްރީޒިއޯ ރިޕޯޓުކޮށްފައިވެއެވެ.

މިމަހުގެ ކުރީކޮޅު ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލިވަޕޫލުން ވެސް ގިމަރޭޒް ހޯދުމަށް މަސައްކަތްތަކެއްކޮށް، ހުށަހެޅުމެއް ވެސް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް ލިވަޕޫލުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ އަގު ނިއުކާސަލުން ގަބޫލުކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 25 އަހަރުގެ ގިމަރޭޒް ހޯދުމަށް ރެއާލް މެޑްރިޑުން ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ގިމަރޭޒް ހޯދުމަށް ރެއާލުން މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިހާރު ވެސް އެ ކްލަބުގެ ސްކޮޑުގައި މިޑްފީލްޑަރުންގެ ވާދަވެރިކަން ބޮޑެވެ.

ނިއުކާސަލަށް ގިމަރޭޒް ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ލިޔޯނުންނެވެ. އޭނާއަކީ ނިއުކާސަލްގެ އިތުރުން ބްރެޒިލް ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް