މާލެއިން އަނެއްކާވެސް ޒުވާނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ ހދ. މަކުނުދޫ، ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް --

މާލެއިން އަނެއްކާވެސް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ހދ. މަކުނުދޫ، ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް ގެއްލިފައިވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ 28 އަހަރުގެ އެ މީހާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

"އޭރުލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

ނާތިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111އަށް ނުވަތަ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351އަށް ގުޅައި، ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި މަސް ތެރޭގައި މާލޭ ސަރަހައްދުން ތިން މީހަކު ގެއްލިގެން ހޯދަން އިއުލާންކޮށްފައިވެއެވެ. އެ ތިން މީހުން ވެސް ގެއްލިފައިވާ ކަމަށް ފުލުހުން އިއުލާންކުރިތާ މާގިނަ އިރުތަކެއް ނުވެ ވަނީ ޚަބަރެއްވެފައެވެ.

comment ކޮމެންޓް