ޖީންސް ދޮންނަނީ ކިހާވަރަކަށް؟

ލައިގެން އުޅޭ ޓީޝާޓު އަދި ގަމީހާ ހިލާފަށް ޖީންސް އަކީ މާ ގިނައިން ދޮންނަން ޖެހޭ އެއްޗެއް ނޫނެވެ. އެތައް ބަޔަކަށް ހީވެފައިވާ ގޮތުގައި މިއީ އާންމުކޮށް އަބަދު ދޮންނަން ޖެހޭ އެއްޗެކެވެ. އެހެންވީ އިރު ޖިންސް ދޮންނަން ޖެހޭނީ ކިހާ ވަރަކަށް ހެއްޔެވެ؟

އެއް ޖީންސެއް ލައިގެން އުޅޭތަން މާ ގިނައިން ފެންނަ ނަމަ އެކަމާ ގުޅޭގޮތުން ސުވާލު ކޮށްފާނެއެވެ. "ދާ ނުވާ، ބާ ނުވާ" ޖީންސް ލައިގެން އުޅޭތަން އާންމުކޮށް ފެނުނު ނަމަވެސް މިއީ ލަދުގަންނަން ޖެހޭ ވަރު ކަމެއް ނޫނެވެ. އާންމު ގޮތެއްގައި ޖީންސް އެއްބުރު ދޮވެލައިގެން އެއާ އެކު ތިން ފަހަރަށް ޓީޝާޓު ނުވަތަ ގަމީސް ބަދަލު ކޮށްލެވިދާނެއެވެ. ޖީންސް އަކީ އެހާ ގިނައިން ދޮންނަން ޖެހޭ އެއްޗެއް ނޫނެވެ.

މަޝްހޫރު ޖީންސްގެ ވައްތަރެއް ކަމަށްވާ ޑެނިމް އަކީ ވީހާ ވެސް މަދުން ދޮވުމަށް ލަފާ ދޭ އެއްޗެކެވެ. އެންމެ މަޝްހޫރު އެއް ޑެނިމް ބްރޭންޑް ކަމަށްވާ ލީވައިސްގެ ސީއީއޯ ޗިޕް ބާގު ބުނާ ގޮތުގައި ބަލަންވީ ޖީންސް ވީހާ ވެސް ނުދޮވެ ލެވޭތޯއެވެ. ނަމަވެސް މި ކަމުގައި ބެލެންސެއް އެބަ ވެއެވެ.

ޑެނިމް އެޓަލިއާއެއް ކަމަށްވާ ބެންޖަމިން ޓެލީ ސްމިތު ބުނަނީ ޖީންސް ދޮވުން އެންމެ ރަނގަޅުވާނީ ތިން ފަހަރާއި ނުވަ ފަހަރަށް ލުމަށް ފަހުގައެވެ. އެހެންވީމާ ތިން އައުޓްފިޓަށް ނުވަތަ 10 އައުޓްފިޓާ ހަމައަށް ވެސް ޖިންސް ނުދޮވެ ލެވޭނެއެވެ. އަދި، ދޮންނަ އިރު ވެސް މާ ވަރުގަދައަށް ނުދޮވުމަށް ލަފާ ދެއެވެ.

އެހެންވީމާ ޖީންސް ދޮންނާނީ ކިހިނެއް ހެއްޔެވެ؟ ޖީންސް ދޮންނަ އިރު އެންމެ ފުރަތަމަ ކަމަކަށް ބަލަންވީ ޖީންސް އެތެރެ ފުށް ބޭރަށް ލައިގެން ދޮންނާށެވެ. ޖިންސް ގިނަ ދުވަހު ބޭނުން ކުރަން ބޭނުންވާ ނަމަ އެންމެ އެކަށީގެންވާ ގޮތަކީ ޑިޓާޖެންޓް ހުރި ފެންގަނޑެއްގެ ތެރޭގައި އެ ފޯކޮށް ބޭއްވުމަށްފަހު އަތުން ދޮވެލުމެވެ. މިއީ ޖީންސްގެ މެޓީރިއަލް ހަލާކު ނުވެ އާ ކަން މަތީ ގިނަ ދުވަހު ޖީންސް ބޭއްވުމަށް ކުރެވިދާނެ ކަމެކެވެ.

comment ކޮމެންޓް