ޕޯސްޓްގެ ޑީއެމްޑީ އަދުހަމު މަގާމުން ވަކި ކޮށްފި

މޯލްޑިވަސް ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީގެ މަގާމުން ވަކިކުރި އަދުހަމް ----

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހްމަދު އަދުހަމް ވަކިކޮށްފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަރިކަމަށް ވަޑައިގަތުމަށްފަހު 2020, އޯގަސްޓް އަށް ވަނަ ދުވަހު ޕޯސްޓްގެ ޑީއެމްޑީގެ މަގާމަށް އައްޔަނު ކުރެއްވި އަދުހަމަކީ އޭރު އެމްޑީޕީގެ ފޭދޫ ދާއިރާގެ ރައީސެވެ.

މީގެ ތިން ދުވަސް ކުރިން އަދުހަމް މަގާމުން ވަކިކޮށްފައިވާއިރު އޭނާ ވަނީ ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ވަކިވެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވާފައެވެ.

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އޭރުގެ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ ސިލްސިލާ އެއްވުންތަކުގައި އަދުހަމް ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

comment ކޮމެންޓް