އެޗްއާރުސީއެމްގެ އަމުރާ ޚިލާފަށް މުވައްޒަފާ މެދު ފިޔަވަޅު އެޅުމުން ޕޯސްޓް ޖޫރިމަނާކޮށްފި

މޯލްޑިވްސް ޕޯސްޓްގެ މައި އޮފީސް: އެޗްއާރުސީއެމްގެ އަމުރާ ޚިލާފަށް މުވައްޒަފާ މެދު ފިޔަވަޅު އެޅުމުން ޕޯސްޓް ޖޫރިމަނާކޮށްފި -- ފޮޓޯ: ޕޯސްޓް

ވިސްލް ބްލޯކުރި އެ ކުންފުނީގެ މުވައްޒަފަށް ފިޔަވަޅު ނޭޅުމަށް އަމުރުކޮށްފައިވަނިކޮށް، އެ ކަމާ ޚިލާފުވުމުން މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މޯލްޑިވްސް ޕޯސްޓް މިއަދު ޖޫރިމަނާކޮށްފިއެވެ.

މިފަހުން ވަނީ ވިސްލް ބްލޯކުރި ޕޯސްޓުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކަމަށް ބުނާ މައްސަަލައެއްގައި ނުވަ ލައްކަ ރުފިޔާއިން ޕޯސްޓް ޖޫރިމަނާކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ނިންމި ކަމުގެ ޚަބަރުތަކެއް ދައުރުވެފައެވެ.

އެކަމާ ގުޅުވައި މިދިޔަ ހޮނިހިރު ދުވަހު ޕޯސްޓުން ވަނީ ދައުރުވަމުން އަންނަނީ ދޮގު ޚަބަރުތަކެއް ކަމަށާއި ކުންފުނީގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކީ ވެސް އޭނާގެ މަސައްކަތު ޕާފޯމެންސާއި މަސައްކަތުގެ އަޚުލާާގާ ގުޅުންހުރި މައްސަލަތަކެއްގައި ވަޒީފާއިން ވަކިކުރެވުނު މުވައްޒަފެއް ކަމަށް ބުނެފައެވެ.

އޭގެ ފަހުން މިއަދު އެޗްއާރުސީއެމުން ބުނީ، ވިސިލްބްލޯވާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހަޅާފައިވާ ބަދަލުހިފުމުގެ މައްސަލައެއް ހުށަހަޅައިގެން އެ މައްސަލަ ކުރިއަށްދާ ކަމަށެވެ.

އެހެންވެ، މައްސަލަ ހުށަހެޅި ފަރާތަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށް ޕޯސްޓުން މުވައްޒަފާ މެދު އަޅަން ނިންމާފައިވާ ފިޔަވަޅު މަޑު ޖައްސާލަން ޔުނިޓުން އަމުރުކުރި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ނަމަވެސް، އެ އަމުރާ ޕޯސްޓުން ޚިލާފުވެފައިވާތީ ވިސިލްބްލޯވާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން އެ ކުންފުނި ޖޫރިމަނާކުރުމަށް ފަހު އަމުރު ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ޕޯސްޓުން އިތުރު ކަންކަން ވެސް ފާހަގަކޮށްފައިވެއެވެ. އެ ގޮތުން، އެ ކުންފުނިން ބައެއް ވެރީންގެ މަސްލަހަތު ހިމެނޭ ގޮތަށް ހާޒިރީީއަށް ބަދަލު ގެންނަ ކަމަށާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބޮޑު މުސާރައެއް ނަގާ ކަމަށް ބުނެ ދައްކަމުން ދަނީ ވެސް ދޮގު ވާހަކައެއް ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް