މުއްދަތު ހަމަވެފައިވާ އައިވީ ގުޅި މައްސަލައިގައި ހަތަރު މުވައްޒަފަކު ސަސްޕެންޑު

މުއްދަތު ހަމަވެފައިވާ ކަމަށް ބުނާ އައިވީ ކުޑަކުއްޖާގެ ގަޔަށް ގުޅާފަ ---

މުއްދަތު ހަމަވެފައިވާ އައިވީއެއް ކުޑަކުއްޖަކަށް ގުޅި މައްސަލައިގައި ގދ. ގައްދޫ ސިއްހީ މަރުކަޒުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.

އެ މުވައްޒަފުން ސަސްޕެންޑު ކުރިކަން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވަނީ 'ސަން'އަށް ކަށަވަރުކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވީ އެމައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމުން، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

https://sun.mv/181163

ގައްދޫ އިން 'ސަން'އާ ވާހަކަ ދެއްކި އާންމު މީހަކު ބުނީ، އެ އައިވީ ކުއްޖާގެ ގަޔަށް ގުޅީ އިއްޔެ ކަމަށެވެ.

މީގެ ދެ ދުވަސްކުރިން ހުން އައިސް، ވަރުދެރަވުމުގެ ސަބަބުން އެނދުމަތިކުރި އެ ކުއްޖާގެ ގަޔަށް ގުޅާފައިހުރި އައިވީ މުއްދަތު ހަމަވެފައިވާކަން އެނގުނީ ވެެސް މިއަދު ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެރަށުގައި އާންމުންވަނީ އިހްތިޖާޖު ކޮށްފައެވެ.

comment ކޮމެންޓް