އާ ސިޔާސަތާއެކު، ބޭހުގެ ވިޔަފާރީގައި ބޭނުންކުރާ ޑޮލަރަށް އޮންނަ ޑިމާންޑުވެސް ކުޑަވާނެ: އާސަންދަ

އާސަންދަ ކައުންޓަރު: އާ ސިޔާސަތާއެކު، ބޭހުގެ ވިޔަފާރީގައި ބޭނުންކުރާ ޑޮލަރަށް އޮންނަ ޑިމާންޑުވެސް ކުޑަވާނެ ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ/ އާސަންދަ

ބަލްކް ޕްރޮކިއުމެންޓުގެ ސިޔާސަތާއެކު، ބޭހުގެ ވިޔަފާރީގައި ބޭނުން ކުރާ ޑޮލަރަށް އޮންނަ ޑިމާންޓު ކުޑަވާނެ ކަމަށް އާސަންދައިން މިރޭ ބުނެފިއެވެ.

ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކުރުމަށް ޓަކައި، ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރުމަށް އެގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަދީފައިވާ ބޭސް ފުރަތަމަ ފަހަރަށް ވިއްކަން ވަނީ މިއަދު ފަށާފައެވެ. އެގޮތުން ފުރަތަމަ ވިއްކަނީ ހަތް ބޭހެކެވެ.

އެސްއެސްޓީވީން މިރޭ ގެނެސްދިން ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޒީނިއާ ވިދާޅުވީ، އާ ސިޔާސަތާއެކު، އަލަށް ގެނެވުނު ބޭސްތައް ބަލްކުކޮށް، ޕްރޮކިއުކޮށްފައި އެސްޓީއޯގެ ފިހާރަތަކުން ދިވެހި ރުފިޔާއަށް ގަންނަން ލިބޭނެ ކަމަށެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ: ވިދާޅުވީ އާ ސިޔާސަތާއެކު، ބޭހުގެ ވިޔަފާރީގައި ބޭނުންކުރާ ޑޮލަރަށް އޮންނަ ޑިމާންޑުވެސް ކުޑަވާނެ ކަމަށް --

ބޭހުގެ ވިޔަފާރީގައި މި ބޭނުން ކުރާ ޑޮލަރަށް އޮންނަ ޑިމާންޑު ވެސް އެބަ ކުޑަވެގެންދޭ. ބޭސްތައް އަޅުގަނޑުމެން ބަލްކުކޮށް، ޕްރޮކިއުކޮށްފަ އެސްޓީއޯގެ ފިހާރަތަކުން ވިއްކާއިރުގައި، އެސްޓީއޯ އަތުން އެ ބޭސް ގަންނަން ލިބޭނެ ދިވެހި ފައިސާ ބޭނުންކޮށްގެން، ޑޮލަރު ބޭނުން ކުރާކަށް ނުޖެހެނޭއާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޒީނިއާ

އެސްއެސްޓީވީގެ ޕްރޮގްރާމުގައި އާސަންދައިގެ މެނޭޖަރު މަރިޔަމް ފަޔާޒާ ވިދާޅުވީ، ބަލްކް ޕްރޮކިއުމެންޓުގެ ސިޔާސަތު ކުރިއަށް ދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

މިގޮތުން، ފުރަތަމަ ފިޔަވަހީގައި ކުރިއަށް ދާނީ ބޭސް ރަޖިސްޓާ ކުރުމާއި ބޭހަށް މީހުން އަހުލުވެރިކުރުމާއި ޑޮކްޓަރުން ވެސް އަލަށް ގެނެވުނު ބޭސްތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތްތަކެއް ކަމަށް ފަޔާޒާ ވިދާޅުވިއެވެ.

ފާމަސީއެއް: އާ ސިޔާސަތާއެކު، ބޭހުގެ ވިޔަފާރީގައި ބޭނުންކުރާ ޑޮލަރަށް އޮންނަ ޑިމާންޑުވެސް ކުޑަވާނެ ކަމަށް އާސަންދައިން ބުނޭ --- ފޮޓޯ: އޭޑީކޭ

މީގެއިތުރުން، ދެވަނަ ފިޔަވަހީގެ ތެރެއިން އަންނަ އޮކްޓޯބަރު އެކަކުން ފެށިގެން ޕޯޓަލްއަށް ބަދަލުތަކެއް އައިސް، ސިސްޓަމްގެ ތެރެއިން ޑޮކްޓަރުން ވަކި ބްރޭންޑެއްގެ ބޭހެއް ކާން ބަލި މީހާއަށް ދޭނަމަ، ބޭސް ސިޓީ ލިޔަންޖެހޭނީ އެ ބޭހެއް ކާން ޖެހޭ ސަބާބާ އެއްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/194607

ފަޔާޒާ އިތުރަށް ވިދާޅުވީ، ދެވަނަ ފޭސްގެ ތެރެއިން ބޭސްތަކުގެ އަގުތަކުގެ ބަދަލެއް ގެންނާނެ ކަމަށެވެ.

ބަލްކްގެ ޕްރޮކިއުންޓްމަންޓުގެ ތެރެއިން މި އަންނަ ބޭސްތަކާ ގުޅިގެން ހަމަ ދެން މި ޖެނެރިކްގައި ދެން ހުރި ބޭސްތަކުގެ ރިވިޝަންއެއް އައިސް، އާސަންދަ ރޭޓެއް ކަނޑައެޅިގެން ދާނެ ޖެނަރިކް ފަންކްޝަންއަށް. ޖެނަރިކް އަގެއް އަޅުގަނޑުމެން ކަނޑައެޅިގެންދާއިރު، ބާކީ ފަރަގެއް އަތުވެދާނެ ހާލަތްތަކެއް އަންނާނެ، އެ އަގުތަކުގެ ފަރަގު ޕޭ ކުރާނީ ބަލި މީހާ އަތުން އާސަންދައިގެ މެނޭޖަރު މަރިޔަމް ފަޔާޒާ

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަށް ބަލްކް ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ފެންވަރު ރަނގަޅު ބޭސް ގެނައުމަށް ޔޫއެންޑީޕީއާއެކު އެއްބަސްވުން ހެދީ ނިމިދިޔަ ސަރުކާރުގައި، މިދިޔަ އަހަރުގެ ޖޫން މަހުގެ އެކެއްގައެވެ.

ފާމަސީއެއްގައި ބޭސްގަންނަ ބަޔަކު މަޑުކޮށްލައިގެން: އާ ސިޔާސަތާއެކު، ބޭހުގެ ވިޔަފާރީގައި ބޭނުންކުރާ ޑޮލަރަށް އޮންނަ ޑިމާންޑުވެސް ކުޑަވާނެ ކަމަށް އާސަންދައިން ބުނޭ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ އެއްބަސްވުމުގައި ވަނީ ޔޫއެންޑީޕީން ރާއްޖެއަށް ބޭސް ސަޕްލައިކޮށްދިނުމުގެ އިތުރުން، ޔޫއެންޑީޕީގެ ކޯޕަންހޭގަންގައި ހުންނަ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓް ސެންޓަރުގެ ކޮލިޓީ އެޝުއަރެންސް ޓީމުން ބޭހުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

https://sun.mv/194617

ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ނުލިބި، ނުރައްކާތެރި މާއްދާތައް އެކުލެވޭ ބޭސްތައް ބައެއް ފަހަރު އެތެރެ ކުރާ މައްސަލައަކީ އާންމު ޝަކުވާއެކެވެ. އެގޮތުން ދިވެހިން އާންމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ވެސް ބޭނުންނުކުރަން އެމްއެފްޑީއޭއިން މީގެ ކުރިން އަންގައިފައިވެއެވެ.

ބޭހުގެ ތަހުލީލުތައް ހަރުދަނާ ކުރަން ނިންމައިފިއިތުރަށް ވިދާޅުވުމަށް
އެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މީގެ ކުރިން ނިންމައިފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރުމަށް، ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުން ހިމެނެއެވެ.

comment ކޮމެންޓް