ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް އެމްޓީސީސީއަށް، މިއީ 11 މިލިއަންގެ މަޝްރޫއެއް

ވެލިދޫ ޖޫނިއާ ކޮލެޖުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ/ އެމްޓީސީސީ

ނ. ވެލިދޫ ޖޫނިއާ ކޮލެޖު މަޝްރޫއު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.

މި މަޝްރޫއުގެ ދަށުނ،ް 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި ދެ ކްލާސް ރޫމާއ،ި އައިސީޓީ ލެބަކާއި އަދި ލައިބްރަރީއެއްގެ އިތުރުން ދެ ވޯކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ނ. ވެލިދޫ ޖޫނިއާ ކޮލެޖު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުން -- ފޮޓޯ/ އެމްޓީސީސީ

މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއާ ކޮލެޖުތައް ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގުތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، މަތީ ތައުލީމާއި ތަމްރީނުގައި ހަރަކާތްތެރިވާން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް އެފުރުސަތު ފަހިކޮށްދިނުމެވެ.

އޭގެ އިތުރުން މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ވާދަވެރިކަން އިތުރުކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއާ ކޮލެޖުތައް ގާއިމުކޮށް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް