އަލިފާނުގެ ހާދިސާއެއް ހިނގައި، ޕީއެސްއެމްގެ ޚިދުމަތް މެދުކެނޑުމަކަށް

ދައުލަތުގެ ޓީވީ، ޓީވީއެމް ހިންގާ އިމާރާތް --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އަލިފާނުގެ ހާދިސާއެއް ހިނގައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

'ސަން'އަށް މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ ތަރުޖަމާނު ޒީކް މުހައްމަދު ރިޒާ ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އިކުއިޕްމަންޓް ބަހައްޓާފައި ހުރި ތަނެއްގައި ކަމަށެވެ.

"އަލިފާނުގެ ހާދިސާ ހިނގި ފަހުން އެހާ ގިނައިރެއް ނުވެ ނިއްވާލައިފި. އެއީ މިއަދުގެ ހެނދުނު. އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ،" ޒީކް ވިދާޅުވިއެވެ.

މި ހާދިސާގައި ކަރަންޓު ކެނޑުމާ ގުޅިގެން ޕީއެސްއެމްގެ ހުރިހާ ޗެނަލްތަކެއް ވަނީ މެދުކެނޑިފައެވެ.

ޒީކް ވިދާޅުވީ އެކަން ހައްލުކުރުމަށްޓަކައި ބެކަޕް ޖެނެރޭޓަރެއް ބޭނުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން ހައްލުކުރެވި، ޚިދުމަތް އަލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް