އެސްޓީއޯއިން އަލްނޫރު ހިކިކިރުގެ ޕްރޮމޯޝަނެއް ފަށައިގެން ކުރިއަށް

އެސްޓީއޯ ޕީޕަލް ޗޮއިސް

ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ވިއްކަމުން އަންނަ އެސްޓީއޯ އިން އަލް ނޫރު ބްރޭންޑްގެ ހިކިކިރުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އޮމާންގެ "ފުޑްސްޓަޕް" އުފެއްދުމެއް ކަމަށްވާ އަލްނޫރު ހިކިކިރަށް ޚާއްސަކޮށްގެން ފެށި މި ޕްރޮމޯޝަނުގެ ދަށުން، ރީޓްއިލް، އަދި ހޯލްސޭލް ކަސްޓްމަރުންނަށް ހަދިޔާތަކެއް ވަނީ ކަނޑައެޅިފައެވެ.

ޕްރޮމޯޝަނުގައި ލިބޭ އިނާޔަތްތައް:

  • ރީޓެއިލް ކަސްޓްމަރުންނަށް އަލްނޫރު ހިކި ކިރު ޕެކެޓަކާ އެކު އަލްނޫރު ލޯގޯޖެހި ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ލިބޭނޭ.
  • ހޯލްސޭލް ކަސްޓްމަރުންނަށް 1800 ގުރާމުގެ ތިން ކޭސް ގަތުމުން ސުޕަރޝެފް މެޔޮނައިސް ކޭހެއް ލިބޭނެ.
  • ހޯލްސޭލް ކަސްޓްމަރުންނަށް 2250 ގުރާމުގެ ތިން ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮރންސްޓިކް ޗީޒް ކޭހެއް ލިބޭނެ. އަދި މީގެ އިތުރުން ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބޭނެ.

އެސްޓީއޯ ސުޕަމާކެޓް ހަރެއްގައި އަލްނޫރު ހިކިކިރު ޕެކެޓްތަކެއް ވިއްކަން ބަހައްޓާފައި

އެސްޓީއޯއިން ބުނީ، މުޅި ޕްރޮމޯޝަން ނިމުމުން ހޯލްސޭލް ކަސްޓްމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހަކަށް 5000 ރުފިޔާގެ މުދާ ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން އަތޮޅުތަކުގައި ހުންނަ އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުގައިވެސް ކުރިއަށް ދާނެއެވެ.

އެސްޓީއޯއިން ބުނީ، އަލް ނޫރު ހިކި ކިރަކީ ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ އަގުހެޔޮ ހިކި ކިރުގެ ތެރޭގައި ހިމެނޭ ބްރޭންޑް ކަމަށެވެ. އެސްޓީއޯގެ ބޭނުމަކީ މިފަދަ ބްރޭންޑްތައް އަގުހެޔޮކޮށް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ގަންނަން ލިބޭނެ ގޮތް ހަމަޖައްސައި ދިނުންކަމަށް އެސްޓީއޯއިން ބުނެއެވެ.

comment ކޮމެންޓް