އެސްޓީއޯގެ ބޯޑަށް ފަޒީނާ އައްޔަންކޮށްފި

އެސްޓީއޯގެ ބޯޑަށް އައްޔަންކުރި ފަޒީނާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ގދ. ގައްދޫ، ބިލަތްމާގެ، އައިޝަތު ފަޒީނާ އައްޔަންކޮށްފިއެވެ.

މިކަމާ ގުޅިގެން މިއަދު އެސްޓީއޯއިން ބުނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ)ން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ބަދަލުގެންނަވާފައި ވާކަމަށެވެ.

އެގޮތުން އެ ކުންފުނީގެ ޑޮރެކްޓަރުންގެ ބޯޓަށް ފަޒީނާ ވަނީ އައްޔަން ކުރައްވާފައެވެ.

އެ ކުންފުނީގެ ބޯޑުގައި މިހާރު ތިއްބަވަނީ ހަތް ބޭފުޅުންނެވެ. އެއީ:

  • އާމިރު މަންސޫރު: ޗެއާމަން
  • ޝިމާދު އިބްރާހީމް: މެނޭޖިން ޑިރެކްޓަރު
  • މުހައްމަދު ނިޒާމް: ސީއެފްއޯ
  • މުހައްމަދު އަހްސަން ސަލީމް: ޑިރެކްޓާ
  • ދާނިޝް މުހައްމަދު އަމީން: ޑިރެކްޓާ
  • ރީޝާ އަބްދުލް މުންނިމް: ޑިރެކްޓާ
  • އައިޝަތު ފަޒީނާ: ޑިރެކްޓާ

ފަޒީނާ ވަނި މީގެ ކުރިން ވެސް އެ ކުންފުނީގެ ބޯޑު މެންބަރުކަން ކުރައްވާފައެވެ. އަދި އެމްޓީޑީސީގައި ވެސް ބޯޑު ޑިރެކްޓަރުކަން އޭނާ ކުރެއްވިއެވެ.

މި މަގާމަށް ފަޒީނާ އައްޔަން ކުރެއްވުމުން އެސްޓީއޯއިން ވަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔާފައެވެ.

comment ކޮމެންޓް