އަމީތާބްއާއެކު މަސައްކަތްކޮށްލެވުމުން މި ބަތަލާއިން އުފަލުން ފޮޅިފައި

އެކްޓަރު އަމީތާބް ބައްޗަންގެ ކުރިޔަށްއޮތް ފިލްމު "ސެކްޝަން84"ގެ ޝޫޓިންގް ނިންމާލައިފިއެވެ.

އަމީތާބްއާއެކު ފިލްމުގައި މުހިއްމު ރޯލް ކުޅޭ ނިމްރަތު ކޯރު އަދި ބަތަލާ ޑަޔާނާ ޕެންޓީވަނީ ފިލްމުގެ މަސައްކަތް ނިންމާލިކަން އަމިއްލަ ސޯޝަލް މީޑިއާގައިވެސް އިއުލާނުކޮށްފައެވެ. އަދި ހަމައެއާއެކު އެކްޓަރު އަމީތާބު ބައްޗަންއާއެކު މަސައްކަތްކޮށްލަން ލިބުމުން ދެ ތަރިންވެސްތިބީ ވަރަށް އުފާވެފައިވަކަމަށްވަނީ ބުނެފައެވެ.

މީގެ ދެ މަސްކުރިން ފިލްމުގެ މަސައްކަތް ފެށިއިރު ބަތަލާ ނިމްރަތު ކޯރު ބުނީ ވަރަށް ހާސްވިކަމަށެވެ. އަމީތާބް ފަދަ ލެޖެންޑަރީ އެކްޓަރަކާއެކު ސްކްރީން ހިއްސާކުރަން ލިބޭ ފުރުސަތަކީ ކެރިއަރުގައި ލިބޭނެ އެންމެ މުހިއްމު ފުރުސަތުކަމަށާއި ފިލްމު ސެޓުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެ ތަޖުރިބާކުރެވުނުކަމަށް ނިމްރަތުވަނީ ބުނެފައެވެ.

ނިމްރަތުއެކޭ އެއްގޮތަށް ބަތަލާ ޑަޔާނާ ޕެންޓީވެސް ބުނެފައިވަނީ، މިއީ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުރެވުނު އެންމެ އުފާވެރި ތަޖުރިބާކަމަށެވެ. އަމީތާބް ބައްޗަންގެ ފިލްމެއްގައި މަސައްކަތްކުރުމަށް ލިބޭ ފުރުސަތު ސިފަކުރަނީ މާސްޓަރ ކްލާސްއެއްގޮތަށްކަމަށް ޑަޔާނާވަނީ ބުނެފައެވެ. މިއީ ޑަޔާނާ އަދި ނިމްރަތުވެސް އަމީތާބް ބައްޗަންއާއެކު މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

އަމީތާބް ބައްޗަން ލީޑްރޯލް ކުޅޭ ކޯޓު ރޫމް ޑްރާމް ފިލްމު "ސެކްޝަން84"އަކީ، ރިލަޔަންސް އެންޓަޓެއިންމަންޓްއާއި ޖިއޯ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މިފިލްމުގެ ޑައިރެކްޓަރަކީ ފިލްމުގެ ވާހަކަވެސް ލިޔުނު ރިބޫ ދާސްގުޕްތާއެވެ. ރިބޫ ދާސް ގުޕްތާ އުފައްދާފައިވާ ފިލްމުތަކުގެތެރޭގައި، "ދަ ގަލް އޮން ދަ ޓްރެއިން" އަދި "ކޯޑް ނޭމް: ތިރަންގާ" ހިމެނެއެވެ. މި ދެފިލްމުގެވެސް ލީޑް ރޯލް ކުޅެފައިވަނީ ބަތަލާ ޕަރިނީތީ ޗޯޕްރާއެވެ.

comment ކޮމެންޓް