ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު 'ސަލާރު2'އަށް ކިއާރާ

ތެލުގޫ އެކްޓަރު ޕްރަބާސް އަދި ބަތަލާ ކިއާރާ އަދުވާނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ ތެލުގޫ ފިލްމު "ސަލާރު:ޕާޓް ވަން ސީޒްފަޔަ"ގެ ދެވަނަ ބަޔަށް ބަތަލާ ކިއާރާ އަދުވާނީ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ސައުތު ސިނަމާގެ އެންމެ އަގުބޮޑު ފިލްމީ ތަރިންގެތެރޭ ހިމެނޭ ޕްރަބާސް ލީޑް ރޯލް ކުޅެފައިވާ މި ފިލްމުގެ ފުރަތަމަ ބައިން ބަތަލާގެ ރޯލްއިން ފެނުނީ ބަތަލާ ޝްރުތީ ހަސަންއެވެ. ޝްރުތީ އަކީ މައިގަނޑު ގޮތެއްގައި ތެލުގޫ އަދި ތަމަޅަ ފިލްމުތަކުން ފެންނަ ބަތަލާއަކަށްވާއިރު ބައެއް ހިންދީ ފިލްމުތަކުން ވެސް އޭނާ ވަނީ ފެނިފައެވެ.

ފިލްމު "ސަލާރު"ގެ ފުރަތަމަ ބައިން ބަތަލާ ޝްރޫތީ ކުޅެފައިވާ ރޯލަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް ފިލްމު "ސަލާރު" ވެފައި ވަނީ ބޮކްސް އޮފީހުގައި 500 ކްރޯޑު ރުޕީސް ފަހަނަޅާދިޔަ ކާމިޔާބު ފިލްމަކަށެވެ.

މި ފިލްމުގެ ދެވަނަ ބަޔަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނައިރު ބަތަލާ ކިއާރާ ފިލްމަށް ގެންނަން ކުރަންޖެހޭ މަޝްވަރާތައް ކިއާރާއާ އެކު ކުރެވެމުންދާ ކަމަށް މިޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ކާމިޔާބު ފިލްމު "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައި "ސަލާރު2"ގެ މުހިއްމު ރޯލެއް ކިއާރާއަށް ދިނުމަށް ނިންމާފައިވާ އިރު ފިލްމުގައި ގެނެސްދޭ އައިކޮނިކް ލަވައެއް ވެސް ކިއާރާއަށް ދިނުމަށް ވަނީ ނިންމާފައެވެ.

ކިއާރާ ފިލްމު "ގޭމް ޗޭންޖާ"ގެ އެކްޓަރު ރާމް ޗަރަން އަދި ރަންވީރު ސިންގްއާ އެކު--ފޮޓޯ/އިންޑިއާޓީވީ

މީގެ ކުރިންވެސް ސައުތު ސިނަމާގެ ފިލްމުތަކުން ފެނިފައިވާ ބަތަލާ ކިއާރާ ވެފައި ވަނީ މިވަގުތު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެންމެ ޑިމާންޑު ބޮޑު އެއް ބަތަލާއަށެވެ. ކިއާރާ މި އަހަރުތެރޭ މަސައްކަތް ކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭ ފަރުހާން އަޚްތަރުގެ މަގުބޫލު ފްރެންޗައިސް "ޑޮން3" ވައިއާރް އެފްގެ ސްޕައި ޔުނިވާސްގެ ކާމިޔާބު ފްރެންޗައިސް "ވޯ2" އަދި ތެލުގޫ ފިލްމު "ގޭމް ޗޭންޖާ" ހިމެނެއެވެ.

މީގެ އިތުރުން ކިއާރާ ދާދިފަހުން ވަނީ ސަލްމާން ޚާންގެ ކުރިޔަށް އޮތް ފިލްމު "ސިކަންދަރު"އަށް ސޮއިކޮށްފައި ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

comment ކޮމެންޓް