ޤުރުއާނުގެ ތައުލީމީ ޕްރޮގްރާމްތަކުގެ ފެންވަރާމެދު އޮންނަ ކަންބޮޑުވުން ކުޑަކުރަން ގަވާއިދެއް

-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކީރިތި ޤުރުއާނުގެ ޢިލްމުގެ ތައުލީމީ ޕްރޮގްރާމްތަކުގެ ފެންވަރާ މެދު އޮންނަ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ކުޑަ ކުރުމަށް، މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ކީރިތި ޤުރްއާނުގެ ޢިލްމުގެ ތަޢުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑްތަކެއް ކަނޑައަޅައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އެމްކިއުއޭން ކޮށްފައިވާ އިއުލާނެއްގައެވެ. އެގޮތުން ސްޓޭންޑަޑް ކަނޑައަޅާފައިވާ ކަންކަމަކީ:

  • ކޯ މޮޑިއުލްތައް
  • ކޯ މޮޑިއުލްތަކުގެ މުޤައްރަރު
  • ކޯހުގެ މުއްދަތު
  • ކްރެޑިޓް
  • ޓީޗަރުންގެ ޝަރުތުތައް
  • ޕްރޮގްރާމަށް ވަދެވޭ ޝަރުތުތައް

އެމްކިއުއޭން ވަނީ ޤުރުއާނުގެ ޢިލްމުގެ ތައުލީމީ ޕްރޮގްރާމްތަކުގެ ސްޓެންޑަޑް ކަނޑައެޅުމުގެ މަގުސަދުތައް ވެސް ބަޔާންކޮށްފައެވެ. އެއީ:

  1. އާންމުންނާއ،ި ދާއިރާގެ މާހިރުންނާއ،ި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއ،ި ދަރިވަރުންގެ މެދުގައި ފެންވަރާމެދު އޮންނަ ކަންބޮޑުވުމާއި ހިތްހަމަނުޖެހުންތައް ކުޑަކުރުން.
  2. މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި ކިޔަވައިދެއްވާ މުޤައްރަރުތައް އެއްގޮތްކުރުން
  3. މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުއްދަތު އެއްވަރުކުރުން
  4. ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުން

މި އިއުލާނުގައި އެމްކިއުއޭއިން ވަނީ ކީރިތި ޤުރްއާނުގެ ދާއިރާގެ ކޮލިފިކޭޝަންތައް ކަމުގައި ބެލެވޭ ޕްރޮގްރާމްތައް ހާމަކޮށްފައެވެ. އެ ޕްރޮގްރާމްތަކަކީ:

  • ޤާރީ / ޤިރާއަތު ޕްރޮގްރާމްތައް
  • ޤުރްއާން ޓީޗިން ޕްރޮގްރާމްތައް
  • އިމާމް ޕްރޮގްރާމްތައް
comment ކޮމެންޓް