އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ޖެނުއަރީ 28، 2021: ހެންވޭރު ޕެޓްރޯލް ސެޑުން ބަޔަކު ޕެޓްރޯލް އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ވަނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 63 ލާރި އަގުހެޔޮކޮށްފައެވެ.

މިއަދު އަގަށް ބަދަލު ގެނައުމުގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 15.14 ރުފިޔާއަށެވެ. ޑީސަލް ލީޓަރެއް ވިއްކަމުން އައީ 15.70 ރުފިޔާއަށެވެ.

އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގުތަކަށް ބަދަލު ގެނައީ މިއަހަރުގެ މެއިމަހުގެ އެއްވަނަ ދުވަހުއެވެ. އެފަހަރު އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 83 ލާރި އަދި ޑީސަލް ލީޓަރަކުން 62 ލާރި ހެޔޮކޮށްފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއެކު އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށްވެސް އޭގެ ހޮޔޮ ބަދަލު ގެނެއެވެ.

comment ކޮމެންޓް