ގެދޮރުވެރިންނަށް ޚާއްސަކޮށްގެން އެސްޓީއޯއިން ކުރިއަށްގެންދާ ''މަގޭހިޔާ'' ޕްރޮމޯޝަން މިއަހަރު ވެސް ފަށައިފިއެވެ.
ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އެކި ހައުސިން މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ''މަގޭހިޔާ'' ޕްރޮމޯޝަން މި އަހަރު ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިދިޔަ ދެ އަހަރުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ.
މި ޕްރޮމޯޝަންގެ ޑިސްކައުންޓުތައް:
- 15،000 ރުފިޔާ އިން ފެށިގެން 25،000 ރުފިޔާއާ ދެމެދުގެ މުދަލުން 12 ޕަސެންޓުގެ ޑިސްކައުންޓް
- 25،000 ރުފިޔާ އިން ފެށިގެން 35،000އާ ދެމެދުގެ މުދަލުން 15 ޕަސެންޓު ޑިސްކައުންޓް
- 35،000 ރުފިޔާ އިން މަތީ ކޮންމެ މުދަލަކުން 18 ޕަސެންޓުގެ ޑިސްކައުންޓު
މި ޕެކޭޖްތަކުގެ ނަންތައް ދީފައިވަނީ ރިހި، ރަން އަދި ހުދުރަނުގެ ނަމުގައެވެ. އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5,000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެކަމަށެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް، ބީއެމްއެލް އިސްލާމިކް އަދި އެމްއެފްއެލްސީއާއި އެސްޓިއޯ ކްރެޑިޓް ސްކީމު މެދުވެރިކޮށް މުދާ ނަގާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި އެ ކަސްޓަމަރަކަށް ލިބިފައިވާ ފްލެޓްގެ މައުލޫމަތާއި އައިޑީ ކާޑު ބޭނުން ވާނެއެވެ.