އެސްއެސްނެޓްގެ ފުވައްމުލަކު ސަފީރަކަށް ބާބާ ގާޑިޔާގެ ވެރިޔާ، އަތީޤް އައްޔަންކޮށްފި

މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ދެމުންއަންނަ އެސްއެސްނެޓްގެ ފުވައްމުލަކު ސަފީރަކަށް ޙަސަން އަތީޤް މިއަދު އައްޔަނުކޮށް އޭނާއަށް އެކަމުގެ ލިޔުން އެސްއެސްނެޓުގެ ފަރާތުން ޙަވާލުކޮށްފިއެވެ.

ޙަސަން އަތީޤަކީ ފުވައްމުލަކުގައި ބާބާ ގާޑިޔާގެ ނަމުގައި ލުއި ކާބޯތަކެތީގެ ކާމިޔާބު ވިޔަފާރިއެއް ހިންގަމުން އަންނަ ޒުވާން ވިޔަފާރިވެރިއެކެވެ. ބާބާ ގާޑިޔަލަކީ މުޅި ރާއްޖެއަށް، ވަކިން ޚާއްޞަކޮށް ފުވައްމުލަކުގެ ރައްޔިތުންނާއި އެރަށަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ވަރަށް މަޤްބޫލު ތަނެކެވެ.

އެސްއެސްނެޓްގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުން އިތުރުކުރުމުގެ ޚާއްޞަ ޕްރޮމޯޝަނަލް ޙަރަކާތްތަކެއް މިވަގުތު ފުވައްމުލަކުގައި ދަނީ ހިންގަމުންނެވެ. މި ޙަރަކާތްތަކުގެ ތެރެއިން ބާބާ ގާޑިޔާ ގެ އަތީޤަށް އެސްއެސްނެޓްގެ ސަފީރުކަމުގެ ލިޔުން މިއަދު ޙަވާލުކޮށްދެއްވީ އެސްއެސްނެޓްގެ ޑިރެކްޓަރ، ސޭލްސް އެންޑް މާކެޓިންގ، އަސްރާ ނަސީމް (އަސޫ) އެވެ. މިއީ އެސްއެސްނެޓުން ސަފީރެއް އައްޔަނުކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އެކި ހިސާބުން، އެސްއެސްނެޓްގެ ސަފީރުން އައްޔަންކުރާނެކަމުގައި އެސްއެސްނެޓުން ބުނެއެވެ.

ސަފީރުން އައްޔަންކުރުމުގައި އެސްއެސްނެޓުން ބަލާފައިވަނީ އެ މަސްއޫލިއްޔަތު މަތިކުރާ ފަރާތަކީ މުޖްތަމަޢު ބަލައިގަންނަ، ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އެސްއެސްނެޓްގެ ވިޔަފާރީގެ ތަޞައްވުރު ރަނގަޅުކުރުމުގައި އެހީތެރިވެވިދާނެ ހުނަރާއި ސިފަތައް ލިބިހުރި ފަރާތަކަށް ވުމެވެ.

އެސްއެސްނެޓްގެ ސަފީރުކަމުގެ ލިޔުމާ ޙަވާލުވުމަށްފަހު އަތީޤް ބުނީ، އެ މަސްއޫލިއްޔަތު ޙަވާލުކުރުމުން ވަރަށް އުފާވި ކަމަށާއި، އެސްއެސްނެޓް ފަދަ މަޤްބޫލު ކުންފުންޏަކުން ބާބާ ގަޑިޔަލަށް އެވަރުގެ ޝަރަފެއް ދިންކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެސްއެސްނެޓްގެ ޚިދުމަތާއި ވިޔަފާރީގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ވިޔަފާރި އިތުރަށް ފުޅާކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެކަމަށް އޭނާ ބުންޏެވެ.

އެސްއެސްނެޓް އިން ފުވައްމުލަކުގައި މިވަގުތު ހިންގަމުންދާ ޕްރޮމޯޝަންގެ ދަށުން ޖޫން ހަ ވަނަ ދުވަހުގެ ކުރިން ފުވައްމުލަކުން އަލަށް ޚިދުމަތަށް އެދޭ ފަރާތްތަކަށް ލުއި ގޮތްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. އެސްއެސްނެޓްގެ ޚިދުމަތަށް ފުވައްމުލަކުން ވަރަށް ހޫނު ތަރުޙީބެއް ލިބެމުންދާކަން އެސްއެސްނެޓްގެ ޓީމުން ފާހަގަކުރެއެވެ.

comment ކޮމެންޓް