Dhiraagu
Ooredoo

ރައީސް މައުމޫން: ހަނދު ސާބިތު ކުރުން ނޫން ހުރިހާ ބާރެއް ގެއްލި ނިމެނީ؟!

ރައީސް މައުމޫން: އެމަނިކުފާންގެ ސިޔާސީ ގޮތުން އެރުމާއި ވެއްޓުން އިބުރަކަށް ފުދޭ-- ސަން ގްރެފިކްސް: އިބްރާހީމް ފަހީމް

ރަނގަޅު ފެންވަރަކަށް ތައުލީމް އުނގެނިވަޑައިގެން 1971 ވަނަ އަހަރު މައުމޫން އަބްދުލްގައްޔޫމް ރާއްޖެ ވަޑައިގެންނެވިއިރު ވެސް ސިޔާސީ ގޮތުން އޭރުގެ ވެރިންނާ އޮތީ ކުނި ޖެހިފައެވެ. މިސްރުގައި ކިޔަވާ ވިދާޅުވާން ހުންނެވިއިރު ދިވެހި ކިޔަވާ ކުދިންގެ ތެރޭގައި ހިނގި ކަންތައްތަކެއްގެ ސަބަބުންނެވެ. ރޯއިސްޓަން އެލިސް ލިޔުއްވި މައުމޫންގެ ބަޔޯގްރަފީގައި ބުނާގޮތުން މައުމޫން ރާއްޖެ ވަޑައިގެން ބޭނުންވީ އެފަދަ ސިޔާސީ ކަމެއްގައި ނޫޅެ، ވަޒީފާއެއް އަދާކޮށްގެން ހަމަޖެހޭ ދިރިއުޅުމެއް އުޅުއްވާށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ.

ADK GENERAl

މައުމޫން ރާއްޖެ ވަޑައިގެން ސްކޫލުތަކުގައި ކިޔަވައި ދެއްވަން ފެއްޓެވުމާއެކު ގިނަ ދިވެހީންތަކެއްގެ ލޯތްބާއި މަގުބޫލުކަން އެމަނިކުފާނަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބިވަޑައިގަތެވެ. ނަމަވެސް އިބްރާހީމް ނާސިރުގެ އެ ވެރިކަމުގައި އޭރުގެ ވެރިން މައުމޫނާ މެދު ދެކެމުން އައީ ޝައްކުގެ ނަޒަރަކުންނެވެ. ގިނަ ސަބަބުތަކެއް ހުރީމައެވެ. އޭގެން އެއްކަމަކީ މިސްރުގައި ހުންނެވިއިރު ޖެހުނު މައްސަލައެވެ. މައިގަނޑު އަނެއް ސަބަބަކީ އޭރު މަތީ ތައުލީމް ހާސިލްކޮށްގެން ރާއްޖެ ވަޑައިގަންނަވާ ބޭފުޅުން ވެރިކަމާ އުޅެފާނެތީ އޭރުގެ ސަރުކާރުން ޖެހިލުންވުމެވެ.

ރައީސް މައުމޫން އެމަނިކުފާންގެ ވެރިކަމުގައި ރަށެއްގައި--

އެކަންކަން އެގޮތަށް އޮއްވައި މައުމޫން މަޅިއެއްގައި ބެދިވަޑައިގަތީ 1973 ވަނަ އަހަރުގައެވެ. އޭރުގެ ރައީސް ނާސިރު ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި ފުޅާ ކުރައްވަން ބޭފުޅުންތަކެއް ދިޔައީ މަސައްކަތް ކުރައްވަމުންނެވެ. އެކަން އެގޮތަށް ހިނގަނިކޮށް ބަނގުރަލާ ގުޅޭގޮތުން މައުމޫން ދެއްކެވި ވާހަކަފުޅެއް ހޫނުވެ، އެ މައްސަލަ އޭރުގެ ސަރުކާރުން ބެލިއެވެ. ގޭބަންދުގައި ބަހައްޓައިގެން ހިންގި ޝަރީއަތަށް ފަހު ހަތަރު އަހަރަށް އަރުވާލީ ހދ. މަކުނުދުއަށެވެ. ލޯބިވާ އަނބިމީހާއާއި ދަރިންނާ ދުރުގައި ވަރަށް އެކަހެރި ރަށަކަށެވެ. ފަހުން މައާފް ލިބިވަޑައިގަތެވެ. ނަމަވެސް ސަލާމަތެއް ނުވިއެވެ. މާލެ ވަޑައިގެން އުޅުއްވަނިކޮށް އޭގެ ފަހުން އަނެއްކާވެސް ހައްޔަރު ކުރެއްވިއެވެ.

މައުމޫން 1978 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމަޔަށް ހިތްދަތި، އުނދަގޫ ދުވަސްތަކެއް ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. އޭގެ ބަދަލު ލިބިވަޑައިގަތީ ވެރިކަމުގައެވެ. ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ދުވަހު ރައީސްކަން ކުރެއްވި ބޭފުޅާގެ ޝަރަފް ލިބިވަޑައިގަތެވެ. ދިގު އެ ތިރީސް އަހަރުގެ ވެރިކަން ކުރެއްވީ ވަރަށް އާރާއި ބާރު ލިބިވަޑައިގެންނެވެ. ބޭނުންފުޅުކަމެއް ބޭނުންފުޅުއިރަކު ކުރެއްވިއެވެ. މުޅި ގައުމު އޮތީ ހިތަކަށް ލިބިފައެވެ. އެ ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ކުރާކަށް އެއްވެސް ފުރުސަތެއް ނުދެއެވެ. އޭގެ ނަތީޖާއަކަށްވީ ގިނަ ރައްޔިތުންގެ މެދުގައި މައުމޫން ވަރަށް މަގުބޫލުވުމެވެ. ދީނީ ގޮތުން ލޯބިވާން ޖެހޭ ފަރާތްތައް ނެގުމަށްފަހު ދެން ރައްޔިތުން އެންމެ ލޯބިވާ އެންމެ ތަބާވާ މީހަކީ ރައީސް މައުމޫނެވެ.

އާރާއި ބާރުގައި ހުންނެވި މައުމޫނަށް ސިޔާސީ ގޮތުން ގޮންޖެހުންތަކާ ދިމާވާން ފެށީ ރާއްޖެއަށް ޑިމޮކުރަސީ ގެނައުމުގެ މަސައްކަތް އެމްޑީޕީއިން ފެށި ހިސާބުންނެވެ. އެތެރެއާއި ބޭރުގެ ފިއްތުންތަކާއެކު އާގާނޫނު އަސާސީ ތަންފީޒުކޮށް، ކުރިން މިނިވަންކަން ނުލިބި އޮތް އެތައް ކަމެއްގައި މިނިވަންކަން ދޭންޖެހުނެވެ. އޭގެ ތެރޭގައި އާރާއި ބާރު ބޭނުންކޮށްގެން ހިފަހައްޓާފައި އޮތް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން ވެސް ދޭން މަޖުބޫރުވިއެވެ. އޭގެ ނަތީޖާއަކަށްވީ ގިނަ ޕާޓީތަކެއް އެކުލެވޭ ގޮތަށް 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން މައުމޫނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ. ނަމަވެސް އޭރުވެސް މައުމޫނަކީ ވަރަށް މަގުބޫލު ބޭފުޅެކެވެ. އެ އިންތިޚާބުގެ ފައިނަލް ބުރުގައި އެ މަނިކުފާނު 82,121 ރައްޔިތުންގެ ވޯޓް ހޯއްދެއްވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އެހެން ގައުމެއްގެ ވެރިއަކާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ޝަރަފުވެރިކޮށް ހުންނެވުމުގެ ފުރުސަތު ދޫކޮށްލެއްވީ އަމިއްލަފުޅަށް

އިންތިޚާބުން ނާކާމިޔާބު ވުމާއެކު މައުމޫންގެ ފަރާތްޕުޅުން ފެނުނީ ރީތި މަންޒަރެކެވެ. ނަތީޖާއަށް ފަހު އަލަށް އިންތިޚާބުވި ރައީސް މުޙައްމަދު ނަޝީދާ މީޑިއާގެ ކުރިމަތީގައި ބައްދަލު ކުރައްވައި މަރުހަބާ ދެންނެވިއެވެ. އަދި އެއަށްފަހު ސިޔާސީ މަސައްކަތުން ރިޓަޔާ ކުރެއްވިކަން އިއުލާން ކުރެއްވިއެވެ. އޭރު އެމަނިކުފާންގެ ޑީއާރުޕީއަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތުމާއެކު ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ގޮތުގައި ނަމުގެ ކުރިއަށް ރައީސް ލުމުގެ އިތުރުން އޮފީސް ހިންގުމުގެ ހަރަދާއި ސެކިއުރިޓީ އާއި އިނާޔަތްތަކުގެ ގޮތުގައި އަބުރުވެރި ދިރިއުޅުމެއް އުޅެވޭވަރަށް ގިނަ އަދަދެއްގެ ފައިސާ ދައުލަތުން ކޮންމެ މަހަކު ދޭން ޖެހޭ ކަމަށް ލާޒިމް ކުރިއެވެ. ސިޔާސީ ކަންކަމުގައި ނޫޅުއްވައި އިލްމީ އަދި ގިނަ މީހުންގެ ލޯބި ލިބޭނެ މަސައްކަތްތައް ކުރުމުގައި ދެމިހުރުމުގެ ހުރިހާ ފުރުސަތެއް ލިބިވަޑައިގަތެވެ.

ނަމަވެސް ވިދާޅުވި އެއްޗަކާ މައުމޫންގެ އަމަލުފުޅަކާ ފަހުން ދިމަލެއްނުވިއެވެ. ސިޔާސީ ކަންކަމުގައި ނޫޅުއްވާނެކަން އިއުލާން ކުރެއްވި މައުމޫން އަނެއްކާވެސް ސިޔާސީ މަސައްކަތް ފެއްޓެވީ އޭރުގެ ޑީއާރްޕީ ދެބައިވި ހިސާބުންނެވެ. ޕީޕީއެމް އުފެއްދެވުމަށް އިސްކޮށް ހުންނެވިއެވެ. އެއަށް ފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް އިސް ދައުރެއް އަދާކުރެއްވިއެވެ. ޔާމީން ވެރިކަމަށް ވަޑައިގެންނެވީ މައުމޫންގެ ހިޔަނީގައެވެ. އަޑުތައް އިވޭގޮތަށް މައުމޫން ބޭނުންފުޅުވީ ޔާމީންގެ ވެރިކަން ވެސް އެމަނިކުފާން ބޭނުންފުޅުވާ ގޮތަކަށް ކުރުމަށެވެ. ނަމަވެސް ޔާމީން އެ ފުރުސަތެއް ނުދެއްވިއެވެ. ނަތީޖާއަކަށްވީ ދެބެން މައްސަލަ ޖެހުމެވެ. އެންމެ ފަހުން ވެރިކަމުގައި ހުންނެވި ޔާމީން ޕީޕީއެމްގެ ކޮންޓްރޯލް ނެންގެވިއެވެ. މައުމޫނުގެ ފަހަތްޕުޅަށް އެރީ މަދު ބަޔެކެވެ.

ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަދި ރައީސް މައުމޫން --

ދެން އެ ހިސާބުން މައުމޫން ރަސްމީކޮށް އެ ސަރުކާރާ ދެކޮޅަށް މަސައްކަތް ފެއްޓެވިއެވެ. ސިޔާސީ ގޮތުން މައުމޫނަށް އެންމެ ތުރާޖެއްސެވި ރައީސް ނަޝީދާއެކު ޔާމީންގެ ވެރިކަން ބަދަލު ކުރަން މައުމޫން ނުކުންނެވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެއްބަޔަކު އެކަން ނެގީ އަމިއްލަ ސިޔާސީ މަންފާއަށްޓަކައި މައުމޫން ކޮންމެފަދަ ކަމެއް ވެސް ކުރައްވަފާނެ ކަމަށެވެ. ފާޑުކިޔުން އަމާޒުވެ މަގުބޫލުކަން ދަށްވާން ފެށިއެވެ. ނަމަވެސް މައުމޫން ޔާމީންގެ އެ ސަރުކާރާ ދެކޮޅަށް އެތައް މަސައްކަތެއް ކުރެއްވިއެވެ. ނަތީޖާއަކަށްވީ އުމުރުން 80 އިން މަތިވެފައިވަނިކޮށް ކޮއްކޯފުޅުގެ ވެރިކަމުގައި ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމެވެ.

ޔާމީންގެ ވެރިކަން ބަދަލުވުމުން ވެސް ޕީޕީއެމް ހޯދެއްވުމަށް މައުމޫން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ޕީޕީއެމްގެ ގިނަ މީހުންގެ ލޯތްބާއި ސަޕޯޓް ލިބުނީ ރައީސް ޔާމީނަށެވެ. އެންމެ ފަހުން ރައީސް މައުމޫނަށް ޖެހިވަޑައިގަތީ އެމްއާރުއެމްގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. އެ ޕާޓީއަށް މިސަރުކާރު ކޯލިޝަނުން ބޮޑު ޕަސެންޓެއް ލިބުނު ނަމަވެސް ޕާޓީއަށް މަގުބޫލުކަމެއް ނުލިބުނެވެ. ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބުމަށް ލާޒިމް ކުރާ އަދަދު ކަމަށްވާ 3000 ވެސް ހަމަވަނީ ކިރިޔާއެވެ. އެއަދަދު ދަށަށް ގޮސްގެން ވެސް ދޭތެރެއަކުން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ނޯޓިސް ފޮނުވައެވެ. އެކި ދަރިންވެސް ތިއްބެވީ އެކި ޕާޓީގައެވެ. އެންމެ ފަހުން މިހާރުގެ ސަރުކާރާ އެ ޕާޓީ ފެޔަށް ޖެހެން ފެށުމުން ޕާޓީގެ އިސްބޭފުޅުންތަކެއް މިވަނީ ޕާޓީން ވަކިވެފައެވެ. ޕާޓީގެ ކުރިމަގާމެދު ގިނަ ސުވާލުތަކެއް މިވަނީ އުފެދިފައެވެ.

ރައީސް މައުމޫންގެ މި ދިގު ސިޔާސީ މާޒީއަށް ބަލާއިރު އިބުރަތްތެރި އެތައް ކަމެއް ފާހަގަވެއެވެ. އާރާއިބާރާއި އިންތިހާއަށް މަގުބޫލުކަން ލިބިވަޑައިގެންނެވި ކުރީގެ ރައީސް ސިޔާސީ ގޮތުން މިއަދު ވަރަށް ނިކަމެއްޗެވެ. އާއްމުންގެ ތާއީދެއް ނެތްތަނުގައި ސިޔާސީ ގޮތުން ނިންމާ ނިންމުންތައް ބަލައިގަންނާނެ ބަޔަކު ވެސް ނެތެވެ. ހަގީގަތުގައި މި ހިސާބަށް އެމަނިކުފާންގެ ކެރިއަރު މިދިޔައީ އަމިއްލަފުޅަށް ނެންގެވި ނުރަނގަޅު ނިންމުންތަކެއްގެ ސަބަބުންނެވެ. ދެހާސް އަށް ވަނަ އަހަރުގެ އިންތިޚާބުން ނާކާމިޔާބުވި ހިސާބުން ސިޔާސީ ކަންކަން ދޫކުރައްވައި އިލްމީ ކަންކަމުގައި އުޅުއްވިނަމަ މައުމޫނަށް އިހުތިރާމާއި ލޯބި މާބޮޑަށް ލިބުނީސްކަން ޔަގީނެވެ.

ރައީސް މައުމޫނު އަބްދުލް ގައްޔޫމު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުން --- ފޮޓޯ: ޓްވިޓާ

ދުނިޔޭގެ ބޮޑެތި ޑިމޮކުރަސީތަކަށް ބަލާއިރު ވެސް ދައުރު ހަމަކުރާ ރައީސުން އަނެއްކާ ޕާޓީ ހަދައިގެން ނުކުމެ ވެރިކަން ހޯދަން އުޅޭތަން ފެންނަނީ ވަރަށް މަދުންނެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއަށް ބަލާލިޔަސް އެކަން ސާފެވެ. އެ ބޭފުޅާގެ ރިޔާސީ ދައުރު ހަމަވުމަށް ފަހު ގިނަ ވަގުތު ހޭދަކުރައްވަނީ އިލްމީ ކަންތައްތަކުގައެވެ. އޭގެ ތެރޭގައި ގިނަ ފޮތްތަކެއް ލިޔުއްވުމާއި ޔުނިވާސިޓީ އަދި އާއްމު އެއްވުންތަކުގައި ލެކްޗާތައް ދިނުމާއި ނެޓްފްލިސްއާ ގުޅިގެން ޑޮކިއުމެންޓްރީ އުފެއްދުމާއި ޕޮޑްކާސްޓް ހެދުންފަދަ ކަންކަމެވެ. އޭގެ ސަބަބުން އެބޭފުޅާގެ މަގުބޫލުކަން މުޅި ދުނިޔޭގައި ވެސް އިތުރަށް ދަނީ ބޮޑުވަމުންނެވެ.

ހަގީގަތުގައި އުޅުއްވަން ޖެހޭ ގޮތަކީ އެއީއެވެ. ގައުމު ބިނާކުރުމަށް ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ހިދުމަތްތެރިންގެ އިރުޝާދާއި ލަފާ ވަރަށް މުހިންމެވެ. އެހެންކަމުން ޔުނިވާސިޓީތަކުގައި ކިޔަވައިދެއްވުމާއި ޕަބްލިކް ލެކްޗާތައް ދެއްވުމަކީ ގައުމުތަކުގެ ކުރީގެ ރައީސުން ގިނަ ވަގުތު ހޭދަ ކުރައްވާ ކަންތަކެވެ. ހަމައެއާއެކު އާއިލީ ވަގުތު އިތުރުކޮށް އެ ގުޅުންތައް ބަދަހި ކުރަން މަސައްކަތް ކުރުމަކީ ވެސް ގައުމުތަކުގެ ކުރީގެ ރައީސުން އިސްކަން ދެއްވާ ކަމެކެވެ.

ރައީސް މައުމޫންގެ މިއަދުގެ ހާލަތަށް ބަލާއިރު ހަގީގަތުގައި ވެސް އެމަނިކުފާންގެ މަގުބޫލުކަން ވަރަށް ކުޑައެވެ. ސިޔާސީ ގޮތުން ވަރަށް ނިކަމެތިވެއްޖެއެވެ. މިއަދު ދިވެހި ރައްޔިތުން ގަބޫލު ކުރައްވަނީ އެ މަނިކުފާން ފަލަކީ ގޮތުން ދައްކަވާ ވާހަކަފުޅެވެ. ހަނދު ސާބިތު ކުރަން ވެއްޖެނަމަ އަދިވެސް ދިވެހީންނަށް މައުމޫން މުހިންމެވެ. އެ ނޫން ހުރިހާ ބާރެއް އެމަނިކުފާނަށް ގެއްލި ނިމެނީއެވެ. އެމަނިކުފާންގެ އެރުމާއި ވެއްޓުމަކީ ލައްކަ އިބުރަތެވެ.

Redstar
comment ކޮމެންޓް

comment ހިނި އައްނަނީ

2 year 11 month ago

ހަހަހަ ފަން ޖިފުޓިން ޒަމާނީ ތަރައްގީއަށް.. އަކުރު ނުދައްނަ ޖާހިލުކަމުން ެިލްމީ ގާބިލު ޖީލަކަށް.. އުމުރު ކުރުކުރާ ބަލިމަޑުކަމުން ދުޅަހެޔޮ އަސާސީ ޚިދުމަތް ލިބަެ ގައުމަކަށް.. ތިޔަބުނާ އަނިޔާވެރި ސަގާފަތުންއަރައިގަނެ އެނޫންގޮތެއް ފެނިގެންދިޔަ ބަޔަކަށް.. ފެހި ގާނޫނު އަސާސީއިން ނޫގާނޫނު އަސާސީއަށް.. ޑިކްޓޭޓަރ ކަމުން ޑިމޮކްރަސީއައަށް... އިސްލާމީ ބިދުޢަވެރި ގައުުމަކުން އިސްލާމީ ރިވެތި އުސޫލުތަކުގެ ގައުމަކަށް.. ތަރައްގީއާއި ތަމައްދުންގެ ވަސީލަތްތައް އިތުރުކުރުވި ޖީލަޖަށް.. ދުނިޔެއަށް ފުރިހަމަ މިނިވަން މުުސްތަގިއްލު ގައުމެއްގެ ގޮތުގައި ފެނިގެންދިޔަ ގައުމަކަށް.. ޚާރިޖީ ސިޔާސަތުގެ ސަބަބުން ގައުމުތަކުގރ މެދުގައި މަގުބޫލު ގައއުމަކަށް.. އަމިއްލަ ފުދުންތެރި ގައުމަކަށް އަދި ބޭރުގެ ނުފޫޒު ތަކަށްް އެއްވެސް ހިތެއްގައި ނުވިކި....... މިލިސްޓް ވަރަށް ދިގު.. މީ 30 އަހަރުގެ ކުޑަ ކުޑަ މިސާލެއް. ޝުކުރިއްޔާ މިލިސްޓަށް ހަނދުވެސް އިތުރު ކުރެވިގރން ގިއްސި

comment 1206

2 year 11 month ago

ލިޔުމުގައި ހުރި ގިނަ ވާހަކަތައް ގިނަ ބަޔަކު ދޮގެއް ނުކުރޭ. މަ މައުމޫނަށް ތާއީދު ނުކުރިޔަސް، މިއިން ގިނަ ވާހަކަ މަ ވެސް ދޮގެއް ނުކުރަން. އެކަމަކު ހައްގު ނޫން ތައުރީފު ވެސް ކޮށްފައި އެބަހުރި. މައުމޫނަކީ ހަނދު ސާބިތުކުރުމުގައި މިހާރު އެއްވެސް ހައިސިއްޔަތެއް އޮތް މީހެއް ނޫން. ދެން އޮތީ، މި ލިޔުން ވުޖޫދުވި ވަގުތާއި ހާލަތުގެ ގޮތުން އޮތް ނުރުހުމެއް. ތެދު ކޮންމެ ވާހަކަ އެއް ލާޒިމު ނުކުރޭ ކޮންމެ ވަގުތެއްގައި ކޮންމެ މަގުސަދެއްގައި ދެއްކުމެއް. ޢަލީގެފާނު ޚަވާރިޖުންނަށް ވިދާޅުވި ފަދައިންނެވެ. ޚަވާރިޖުން ބުންޏެވެ. "إِنِ ٱلْحُكْمُ إلَّا لِلّٰه" ތިމަންމެން ﷲގެ ހުކުމްފުޅު މެނުވީ ބޭނުމެއް ނުވެއެވެ. ޖަވާބުގައި ޢަލީގެފާނު ވިދާޅުވި ކަމަށް އައިސްފައިވެއެވެ. "كَلِمَةُ حَقٍّ يُرَادُ بِهَا بَاطِلٌ‎". ބުނީ ހައްގު ބަހެކެވެ. ނަމަވެސް ގަސްދު ގޯހެވެ. ވަގުތާއި ހާލަތުގެ ގޮތުން ބަލާއިރު މި ލިޔުމުން ވެސް، ނެގެނީ އެފަދަ މާނައެކެވެ.

comment ާޢަރީފު

2 year 11 month ago

ރައީސް މައުމޫނުގެ ޚިދުމަތް މިޤައުމުން ދުވަހަކު ނުފިލާނެ. އެމަނިކުފާނަކީ ރާއްޖެ ދުށް އެންމެ ޢިލްމީ އަދި ޙިލްމީ ބޭފުޅާ. ޤައުމުގެ ޙާލަތު އެއްގޮތެއްގައި ހިފެހެއްޓެވި އަދި ދީނީ ގޮތުން ހަމަހަމަ ކަމާއެކު އުޅުމުގެ ފުރުޞަތު ދެއްވި. އެއީ ފުރިހަމަ ސަޚުޞިއްޔަތެއް. ގިނަ ބައެއްގެ ލޯބި ލިބިލައްވާފައިވާ ޤާބިލު ބޭފުޅެއް.

comment ދޮން ބަބުރު ސޮރު

2 year 11 month ago

ޙައްގު ބަސް ބުނަން، ޖެއްސުން ކުރިއަސް ޙަގީގަތް ބަދަލު ނުވާނެ، ދިވެހީންގެ ގިނަ ބަޔަކަށް އަމިއްލަ ބަހުން ލިޔަން ކިޔަން ޖެހޭކަން އަނގައި ދިނީ މައޮމޫން، އޮޅިފަ އޮތިއްޔާ އޮޅުން ފިލުވުން ބުއްދިވެރި، މައޮމޫނަކީ މިގައުމަށް ވަފާތެރި ޚިދުމަތްތަކެއް ކޮއްދެއްވި ގިނަ ރައްޔިތުންގެ ލޯއްބާއި އިހުތިރާމް ލިބިވަޑާގެން ހުންނެވި، އަދިވެސް ސިއާސީ ނުފޫޒްގަދަ ބޭފުޅެއް

comment އާރިފް

2 year 11 month ago

މައުމޫނަށް ރައްދުކޮށް ވާހަކައެއް ބުނެފިނަމަ ގިނަބަޔަކު ރުޅި އާދޭ. މީހުން މަގުން ކަސިޔާރުކުރަނީ ހަމަ އަހަރެމެން. މައުމޫނު މޮޅޭ ހާދަ ރަނަގަޅޭ ކިޔައިގެން އޭނާ މގުފުރެއްދީ ވެސް އަހަރެމެން. ސިޔާސީ މައިދާނުން ދުރަށް ނުގޮސް އެހުންނެވީ ވެސް ހަމަ އަހަރެމެން އޭނާ އެގޮތުގައި ބެހެއްޓީމަ. އެކަމަކު ވީ ފައިދާއެއް މހާރަކު ނެތް. މައުމޫނަކީ އިންސްޓިޓިއުޝަނެއް. ޤައުމީ ޔުނިާސިޓީ އަށް ވެސް އިތުބާރު ނުކުރާ ގައުމެއްގައި މައުމޫނަށް އެ މަގާމު ހޯދުނީސް. އެންމެ ފަހު ބަސް ބުނާ މީހަކަށް ވެވުނީސް. އެންމެގެ ލޯބި ހޯދުނީސް. އެކަމަު އޭނާ އިޚްތިޔާރުކުރީ ޢުމުރު ދުވަހުވެސް ސިޔާސީ ކުޅިވަރު ކުޅެން. ބަދުނާމާ ފުރައްސާރަޔާ ކުރިމަތިލާން. މުޅި ގައުމު މިހާރު އެދެނީ އެމަނިކުފާނު ތިއްތިކޮށް ގޭގައި ހުންނަވައިގެން މި އޮޑި ފަރަށް އެރިޔަ ނުދީ ދުއްވައިދޭނެ. ހެޔޮނުވާނެ.

comment ހަސަނު23

2 year 11 month ago

ނަސީދުގެ ހާލަތު އަދި މިޔައްވުރެ ބޮޑު.

comment އަބޫބަކުރު

2 year 11 month ago

މީގަ މިއޮތީ ދޮގު ވާހަކައެއް ނޫން. މައުމޫންގެ ޚިދުމަތްތައް ދުވަހަކުވެސް ފޮހެވިގެން ނުދާނެ. އެއީ ނަމޫނާ ބޭފުޅެއް. އެކަމަކު ލިޔުންތެރިޔާ ބުނެފައިވާ ފަދައިން އެމަނިކުފާނުގެ ފުރިހަމަ ފައިދާ ޤައުމަށް ލިބޭނޭ ގޮތަށް އެމަނިކުފާނުގެ އުޅުއްވަން ބައްޓަންކުރައްވަން އެމަނިކުފާނު ނުކުޅެދުނު. ނިއުޓްރަލް ލީޑަރެއްގެ ގޮތުގައި ހުންގާނުގައި ހުންނެވުނީސް. ހައްގު ބަސް ބުނަން ޖެހޭ ތަންތަނުގައި އެ ބަސް ވިދާޅުވެ ގައުމު ކަސިޔާރުވެގްނދާ ދަނޑިވަޅުތަކުގައި ހަމަމަގަށް އަޅުވާނެ އާރުކާޓީއަކަށް ވެވުނީސް. މިގައުމުގައި މިހާރު އޭގެ މީހެއް ނެތް. މައުމޫން ވަރުގެ ބޭފުޅަކު އެކަމަކަށް ނެތް. ވީމާ، މިލޔުން ގޯހެއް ނޫން. މި ލިޔުމުން ވިދާޅުވުމަށްފަހު ޤައުމު އެދޭ ފަދަ ބޭފުޅަކަށް ލީޑަރަކަށް ވުމަށް މައުމޫނަށް ހެޔޮ ވިސްނުންފުޅު ލިބިއްޖެނަމަ ކޮންފަދަ ރަނގަޅުތޯ؟ ހެޔޮ ވިސްނުން ދެއްވާށި.

reply 1206

2 year 11 month ago

ލިޔުމުގައި ހުރި ގިނަ ވާހަކަތައް ގިނަ ބަޔަކު ދޮގެ ނުކުރޭ. މަ މައުމޫނަށް ތާއީދު ނުކުރިޔަސް، މިއިން ގިނަ ވާހަކަ މަ ވެސް ދޮގެއް ނުކުރަން. އެކަމަކު ހައްގު ނޫން ތައުރީފު ވެސް ކޮށްފައި އެބަހުރި. މައުމޫނަކީ ހަނދު ސާބިތުކުރުމުގައި މިހާރު އެއްވެސް ހައިސިއްޔަތެއް އޮތް މީހެއް ނޫން. ދެން އޮތީ، މި ލިޔުން ވުޖޫދުވި ވަގުތާއި ހާލަތުގެ ގޮތުން އޮތް ނުރުހުމެއް. ތެދު ކޮންމެ ވާހަކަ އެއް ލާޒިމު ނުކުރޭ ކޮންމެ ވަގުތެއްގައި ކޮންމެ މަގުސަދެއްގައި ދެއްކުމެއް. ޢަލީގެފާނު ޚަވާރިޖުންނަށް ވިދާޅުވި ފަދައިންނެވެ. ޚަވާރިޖުން ބުންޏެވެ. "إِنِ ٱلْحُكْمُ إلَّا لِلّٰه" ތިމަންމެން ﷲގެ ހުކުމްފުޅު މެނުވީ ބޭނުމެއް ނުވެއެވެ. ޖަވާބުގައި ޢަލީގެފާނު ވިދާޅުވި ކަމަށް އައިސްފައިވެއެވެ. "كَلِمَةُ حَقٍّ يُرَادُ بِهَا بَاطِلٌ‎". ބުނީ ހައްގު ބަހެކެވެ. ނަމަވެސް ގަސްދު ގޯހެވެ. ވަގުތާއި ހާލަތުގެ ގޮތުން ބަލާއިރު މި ލިޔުމުން ވެސް، ނެގެނީ އެފަދަ މާނައެކެވެ.

comment އަރޭ

2 year 11 month ago

ގަބޫލުކުރަންޖެހޭ ހިތި ހަަގީގަތަކީ ދިވެހިން ބުނެއުޅޭ ނުބައި މައުމޫންގެ ނުބައި ޒަމާނުގަވެސް ދިވެހިން މިހާލުގަ ނުޖެހޭކަން. ދެން ކޮންހާ ހާސަރެއްދަމާފަ ލިޔާ ލިޔުމެއް؟

comment ޚާލިދު

2 year 11 month ago

މަލާމާތުގެ ސުރުޚީއެއް.

comment 1206

2 year 11 month ago

އަހަރެން ވެސް މައުމޫނަށް ތާއީދެއް ނުކުރަން. އެކަމަކު މި ލިޔުމުގެ ފަހަތުގައި އޮތީ ކޮން މަގުސަދެެއްކަން ނޭނގޭ ވަރުގެ ކުޑަ ކުއްޖަކީމެއް ނޫން މަށަކީ. ނުސީދާކޮށް ސޯލިހުގެ ސަރުކާރަށް ކެމްޕެއިން ތިޔަ ކުރަނީ. މައުމޫނު ސޯލިހަށް ތާއީދު ކުރަން ނިންމައިފައި އޮތް ތިޔަ ލިޔުމަށް ދުވާލު އަލިކަން ނުލިބުނީސް ތޯއްޗެއް.

comment ފަހީމް

2 year 11 month ago

އަދިވެސް ސިޔާސީ ގޮތުން އެންމެ ބާރުގަދައީ މައުމޫން ކަމަށް ބެލެވިދާނެ. ސޯލިހު ވެރިކަމަށް ގެނައުމުގައިވެސް މައުމޫނުގެ ދައުރު ވަރަށް ބޮޑު. ޔާމީން ވެރިކަމަށް ގެނައީ ވެސް މައުމޫން. ދެވަނަ ދައުރަކަށް ޔާމީނަށް ވެރިކަމަށް އައުމަށް އެޅުނު އެންމެބޮޑު ހުރަހަކަށް ވީވެސް މައުމޫނާ ޔާމީން ދެކޮޅުވެރިވުން. 2008 ގައި ނަޝީދަށް ވެރިކަން ލިބުނަސް އޭގެ އަހަރެއް ފަހުން މަޖިލިސްގެ މެޖޯރިޓީ މައުމޫން ނެގި އޭގެ ސަބަބުން ނަޝީދުއަށް ވެރިކަން ފުރިހަމަ ނުކުރެވުނު. ތަސްމީން މައުމޫނާ ޖެހިގަތުމުގެ ނަތީޖާ އަކަށްވީ ސިޔާސީ މައިދާނުން ތަސްމީން ގެއްލިގެން ދިއުން. ޔާމީނާއެކު ކޯލިސަން ހަދާނެ ބަޔަކު ނުވި. އެހެންވީމާ އަދިވެސް ސިޔާސީ ގޮތުން މައުމޫންގެ ބާރު ކުޑައެއް ނޫން.

comment އަބޫ

2 year 11 month ago

ޚިޔާލީ ވަކިފަރާަތަކަށް ޖެހިފައިވާ ލިޔުމެއް. އެންމެން ރީނދޫ ވާކަށް ނުޖެހެނެ. އެދަނޑިވަޅު މައުމޫން ގެޔަށް ވަޑައިގެންނެވިނަމަ، ގައުމުގެ ހާލަތު މާގޯސްވީސް. މިސާލަކަށް މިހާރު އިންޑިޔާ ފައިހަރުކޮށްލައިވާ ވަރުބަލާބަލަ.

comment ޖާވިދު

2 year 11 month ago

ނޭގޭކަން ނޭގުމަކީ އެންމެ ބޮޑު ޖާހިލުކަން. ހަނދު ސާބިތު ކުރުމަކީ ރައީސް މައުމޫނާ މަތިކޮށްފަ އޮންނަ ކަމެއް ނޫން. އެކަން އެ މަނިކުފާނު ކުރައްވަނީ އަމިއްލަ ގޮތުން. އެމަނިކުފާނަށް ލިބިފައިވާ އިލްމެއްގެ ބޭނުން ކުރައްވައި ގެން ރައްޔިތުންނަށް މައުލޫމާތު ދެއްވުމުގެ ބޭނުމުގަ. އެ މަނިކުފާނު ދީނީ ނަސޭހަތް ވެސް ދެއްވާ. މައުމޫން ފައުންޑޭޝަން ހިންގަވާ ކުދިންނަށް ތަޢުލީމީ ފުރުސަތުތައް ދެއްވާ. ވެރިކަމަށް ފަހު މިފަދަ ޚިދުމަތެއް ކުރާ މީހަކު ދައްކަބަލަ.

comment ގައިސް

2 year 11 month ago

ތަފާތު އެންގަލަކުން ވިސްނާލަމާ. ނަޝީދު ވެރިކަމަށް ހޮވުނުނަމަވެސް އޭގެ 1 އަހަރު ފަހުން މައުމޫން ވަނީ މަޖިލިސް ކާމިޔާބު ކޮށްފަ. ކުޑަދުވަސްކޮޅެއްގެ ތެރޭ ނަޝީދު ގެ ވެރިކަން ވެއްޓި އަނެއްކާވެސް މައުމޫނުގެ ބާރުގެ ދަށަށް ގައުމު އައި. ވަޙީދުގެ ވެރިކަން ނިމުމާއެކު މައުމޫން ޕާޓީން ޔާމީން ވެރިކަމާ ހަވާލުވި. ޔާމީންގެ އަމަލުތައް ހުރިގޮތުން އޭނާގެ ކިބައިން ގައުމު ހިމާޔަތް ކުރުމުގެ މަސައްކަތް މައުމޫން ފެށި. ތަރައްގީގެ އެތައް ބިޔަ މަޝްރޫޢު ތައް ހިންގާފަ އޮތުމާއެކުވެސް މައުމޫނާ ނުލާ ޔާމީނަށް ދެވަނަ ދައުރެއް ނުހޯދުނު. އަދި މައުމޫނުގެ ކޮޅު ކާމިޔާބުވި. އަދިވެސް މައުމޫނާ ނުލާ ޔާމީނަށް ވެރިކަމަށް އާދެވިދާނެ ކަމުގެ އުންމީދެއް ނެތް. ޔާމީނާއެކު ކޯލިޝަން ހަދާނެ ބަޔަކުވެސް އަދިވެސް ނުފެނެ. މައުމޫނާ ޖެހިގަތް އަނެއް މީހަކީ ތަސްމީން. ސިޔާސީ ދާއިރާއިން އޮއްސިއްޖެ. ޔާމީންވެސް އެދަނީ އިއްސެމުން. ނަޝީދު ވަނީ އޮއްސިފަ. އަދިވެސް މައުމޫން މާ ކާމިޔާބު. ރައްޔިތުންގެ ލޯބި މާބޮޑު.

comment ވިކިލީކްސް

2 year 11 month ago

ޙަގީގަތަކީ ބަދަލުވާނެ އެއްޗެއް ނޫން! ދުލެއް އޮތީމާ ކޮންމެ އެއްޗެއް ކިޔަންވީ... ދޮގުވެސް ހަދަންވި... އެކަމަކު ﷲގެ ޢަޒާބަށް ބިރުވެތިވާން ޖެހޭނެ. ޙަގީގަތަކީ ރައީސް މައުމޫނުގެ ދުވަސްވަރު އަހަރެމެންގެ އިޖުތިމާޢީ ފޭރާން ވަރަށް ވަރުގަދަ. އެކަކު އަނެކަކަށް އިޙުތިރާމްކުރޭ! މިސްކިތްތަކުގައި ޖަމާޢަތުގަ ނަމާދުކުރާ މީހުން ގިނަ! ނަމަވެސް މައުމޫނަށްފަހު ދެން މިއައި ވެރިކަންތައް ނިކަން ދެކިބަލަ! ގައުމުގައި ކަސްބީ ވިޔަފާރި ހައްދުން ނެއްޓިފަ! އަޚުލާގެއް އިޙުތިރާމެއް ނެތް! ސްކޫލްތަކާއި މަގުމަތީގައާ އޮފީސްތަކުގަވެސް!މިޙަގީގަތް ބަދަލެއްނުވާނެ! އަހަރެން ބުނެލާހިތް އޮތީ ހަސަދައިގެ އަލިފާން ނިއްވާލައި ޙަގީގަތަށް ރުޖޫޢަވާށޭ!

comment ހުސައިން

2 year 11 month ago

އިބްރާހިމް ނާސިރުގެ ކެބިނެޓަށް މައުމޫނު ހޮވި މިނސްކަންވެސް ނާސިރުގެ ސަރުކާރުން މައުމޫއަށް އެރުވި. އަދި ޤަބޫލުފުޅުކުރަށް މިނިސްޓަރުކަމުގެ ހުވާވެސް ކުރެއްވިނޫންތޯ؟

comment ލާމު

2 year 11 month ago

ސިޔާސީގޮތުން މައުމޫނު މިއަދު ކުރައްވާ ކަންކަން މަގުބޫލު ނުވިޔަސް މައުމޫނުގެ ޚިދުމަތް ގިނަަ މީހުން (މައުމޫނުގެ ސިޔާސީ ހަތުރުން ވެސް ހިމެނޭހެން) ބަލައިގަނޭ. އެކަމަށް އިންކާރުކުރަނީ ހަމައެކަނި ޒާތީ ޙަސަދައިގެ ހުޅުރޯވެ ހިތް ކަޅުވެފައި ތިބި މީހުން. މައުމޫނުފަދަ ޚިދުމަތްތެރިއެއްގެ ސިޔާސީ ނާކާމިޔާބީއާ ގުޅުވައިގެން މިފަދަ ލިޔުމެއް ލިޔުމުގެ މަޤޞަދާމެދު ސުވާލު އުފެދޭ.

comment ޓައްޓޭ

2 year 11 month ago

ވަރަށް ފުރިހަމަ ބެލެންސް އަދި އިބުރަތްތެރި އާޓިކަލެއް ޝުކުރިއްޔާ ލިޔުންތެރިޔާ ..

comment ޒިޔާދު

2 year 11 month ago

ހަގީގަތަކީ ދިވެހިން އެންމެ ފުދިގެން އެންމެ އުފަލުގަ އުޅުނީ ރައީސް މައުމޫނުގެ ދައުރުގައިކަން. ބެންކުން ބޭނުންވަރަކަށް ޑޮލަރު 12ރ އަށް ލިބުނު. ބޮޑެތި ސްކޫލްތަކާއި އެއާޕޯޓުތަށް އެކު ގައުމުތަކުގެ އެއީގައި ދިޔައީ އަޅަމުން. ޑިމޮކްރަސީގެނެސްގެން ލިބުނު މޮޅެއްނެތް ގައުމު ދަރުވާލައިފި އަދުގެ ވެރިން. ހިންގުންތެރިކަމުގެ މިސާލު ނަގަންވީ އެމުސްކުޅި ޒައީމް ކިބައިން މިއަދުވެސް.

comment ފަރީލާ

2 year 11 month ago

މައުމޫނު ކޮށްދިން ކަންތަށްތަކުގެ ވާހަލަ ލިޔެނުލީ ކީއްވެބާ؟

comment އަހުމަދު

2 year 11 month ago

އުމުރުންދުވަސްވެ ގައިބާރުދޫވެގެން ދާއިރު ދިވެހިން އެމަނިކުފާނު ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރުން މުހިންމު. އެއީ މިގައުމުގެ ބާނީ. މިޖީލު ބިނާވެގެން މިދަނީ ރައީސް މައުމޫނު އަޅާދެއްވި ބިންގާގެމަތިން.

comment އަޒީޒާ

2 year 11 month ago

އަދިވެސް ހަދާންއެބަހުރި 2008ގައި އެލިބުނު ނާކާމިޔާބީ. ހިތް ކުދިކުދިވެގެން ދިޔަފަދަ. ދުވަހަކު ދިމަލެއްވެސް ނުވޭ، އަދި ޕާސަނަލީ ނުވެސް އެނގޭ. އެކަމަކުވެސް ވަރަށް ލޯބިވި ރައީސްއެއް. އެއީ އުފާވެރި ފެހި ދުވަސްތަކެއް. ޑޮލަރުރޭޓު 12ރުފިޔާގައި. ބޭނުން ވަރަކަށް ބެންކުން ލިބޭ. ގައުމު ގެންގުޅުނީ ވަކިފަރާތަކަށް ނުޖެހޭ ހަރިޖީ ސިޔާސަތެއް. ހުރިހާ ގައުމުަކުން ވެސް ދިޔައީ ހިލޭ އެހީތަށް ލިބެމުން. ލޯނުނަގާ ދަރަނިވެރިވާކަށް ނުޖެހޭ. ފުދުންތެރިކަން އަދި ޓޫރިޒަމް ތިޔައީ ފައްކާވަމުން. އެއީ ދިވެހިންގެ ބައްޕަ. އެދުނީ ދިވެހިންނަށް ހެޔޮގޮތް.

reply ޢސ،

2 year 11 month ago

ލޯ މަރައިގެންތަ އަޒީޒާ އުޅުއްވަނީ

comment ތޯހިރާ

2 year 11 month ago

ރައީސް މައުމޫނަކީ އިލްމުވެރި ހިކުމަތްތެރި އަދި ދިވެހިންގެ ހައގުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިބޭފުޅެއް. ޖީލު ބަދަލުވެ، ޒަމާންބަދަލުވެ ދަރިފަސްކޮޅު ކުރިއަރާދިޔަޔަސް ރައީސް މައުމޫނު އަބަދުވެސް ބެލެވިގެންދާނީ ދިވެހިންގެ ކާފައެއްގެ ގޮތުގައި. ގިނަ ހިދުމަތްތަކެއް ކޮށްދެއްވި، ފުން ތަޖުރިބާއްްގެވެރި އަދި ނަޒާހާތްތެރި ބޭފުޅެއްގެ ގޮތުގައި.

comment އާދަމް

2 year 11 month ago

ވަރަށް އިބްރަތްތެރި ލިޔުމެއް.

comment ފަރީ

2 year 11 month ago

އަދިވެސް މިވަރެއް ނެތް. ސާހިލް ލިޔެވިދާނެ ކޮންމެ އެއްޗެއްވެސް. ޢިއްޔެގެ ޅަކުދިންނަކަށް މައުމޫނެއް ނޭނގޭނެ.

comment ޖާބެ

2 year 11 month ago

30 އަހަރުވަންދެން ގައުމެއް ބިނާނުކޮށް މީހުން ހިފަހައްޓަިއިގެން ވެރިކަން ކުރަމުންދުޔައީ ހަމައެކަނި ގާތް ތިމާގެ މީހުންނާ ކައިރީގަ ތިބީ ޙާދިމުމްނައް އެކަނި މަންފާވާގޮތައް ދައުލަތް ހިނގުމުގެ ނަތީޖާ މިއަދު ދިވެހިން ހިތިކޮށް މިނަގަންޖެހެނީ 30 އަހަރު ޤައުމެއްގެ ދުވެލި ހުއްޓުވާލާފަ ރަން 30 އަހަރު ގައުމުގެ ގުނަ ރައިސުލްމާލު ވަކިބަޔަކައް ބޭނުންކުރެވޭގިތައް ހަދާ ބޭރުމީހުންނައް ވިޔަފާރިތިއް ބޯކޮށްދީ ދިވެހިން މިއަދު އަޅުމަސައްކަތުގަ

reply މޫަސަ

2 year 11 month ago

ދިވެހިން އަޅުންނަށްވެ ބަންގާޅު އާތުން މިގައުމުގަ ނަންހިނގަންފެށީ ތިޔަކިޔާ 30 އަހަރު ނިމުނުފަހުން.

comment އައިކެ

2 year 11 month ago

މައުމޫނަކީ ދިިވެހިރާއްޖެ ހުރިހާގޮތަކުންވެސް ހަަލާކުކޮއްލި ބާނީ

comment ކަރަމް

2 year 11 month ago

ހަނދު ސާބިތު ކުރުމަކީ މައުމޫން މަތިން ބައިން ޖެހިގެން ކުރާ ކަމެއް. މި ވަރުގެ ނޫހެއްގަ މައުމޫން ހަނދު ސާބިތު ކުރާ ކަމަށް ބުނުމަކީ ވަރަށް ބޮޑު ގޯހެއް. ހަނދު ސާބިތު ކުރަނީ ސަރުކާރުން އިސްލާމިކް މިނިސްޓްރީން

comment އަބޫ

2 year 11 month ago

ހަނދު ސާބިތު ކުރުންވެސް ބަލައެއް ނުގަނެވޭ މިހާރު. އެންމެ ފަހުންވެސް އިއުލާން ކުރެއްވީ އީދުވަނީ ހޮނިހިރަށް ކަމަށް. ފަހުން ބުނީ ހިސާބު އޮޅުނީއޭ ވަރަށް ބޮޑަށް މާފައް އެދެމޭ.

reply ލާމު

2 year 11 month ago

އަބޫ ތިޔަ އޮޅުވާލީ. އެންމެފަހުން ވެސް ޢީދު ދިމާވީ މައުުމޫނު ވިދާޅުވިގޮތަަށް.

comment ވިސްނާމީހާ

2 year 11 month ago

ވަނާޖުންބޭގެ ވަރުނެތަސް ހޯދި ފައިސާގެ ވަރުހުންނާނެ މިކޮންމެ މީހަކުވެސް މިއުޅެނީ އެމީހާގެ އަމިއްލަ ފައިދާއަށެވެ . ކުރިން ބުނި ސިޔާސީ މައިދާނަކުން ނުފެންނާނެއޭ ނަމަވެސް އެއާ މުޅިން ހިލާފެންނު މަރުވަންދެންވެސް ތިއުޅެނީ އެކަމުގައި

reply މުޙައްމަދު ޢަރީފް

2 year 11 month ago

މިޤައުމުގައި ރައީސް މައުމޫނަށްވުރެ ޚިދުމަތްތެރިއަކު ނުހުންނާނެ (ޖަވާހިރެއްގެ އަގު ވަޒަންކުރެވޭނީ ތާޖަރަކަށް ) މިހާރު ޤައުމަށް ބޮޑުކަމެއް ދިމާވިޔަސް ރައީސް މައުމޫންގެ ފުރިހަމަ އެހީތެރިކަން ދިވެހި ރައްޔިތުންނަށް ލިބޭނެ ރައީސް ދުނިޔެ ޤަބޫކުރި އަދި މިހާރުވެސް ޤަބޫލުކުރާ ވެރިއެއް( ރައީސް މައުމޫނަށް ދިގު ޢުމުރެއްދެއްވާ ފުރިހަމަ ޞިއްޙަތާ ޢާފިޔަތުގެ މަތިވެރި ނިޠުމަތް މިންވަރު ކުރައްވާށި އާމީން