ބޯގަންވިލާ ގޭގައި ރޯވި އަލިފާން ނިއްވާލައިފި

ބޯގަންވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން --

މއ. ބޯގަންވިލާ ގޭގައި ރޯވި އަލިފާން މިހާރު ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޯގަންވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިރޭ ލިބުނީ 11:29ގާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ގޭގެ ދެވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން ނިއްވާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފުސީލް އަދި ސާފު ނުވާ ކަމަށެވެ.

"ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރީލް ކުރެވިފައި. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ،" އޮފިޝަލް ވިދާޅުވިއެވެ.

ބޯގަން ވިލާގައި ދިރިއުޅޭ މީހަކު މި ނޫހަށް މައުލޫތު ދިން ގޮތުގައި ރޯވި އެޕާޓްމެންޓުގައި ދެ ކޮޓަރި ހުންނަ ކަމަށާއި ހުޅުހިފީ އެތަނުން ކޮޓަރިއެއްގައި ކަމަށެވެ. ނަމަވެސް އެ ވަގުތު އެ ކޮޓަރީގައި މީހަކު ނެތް ކަމަށް އޭނާ ބުންޏެވެ.

ބޯގަންވިލާ ގެއަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އުފަން ގެކޮޅެވެ.

comment ކޮމެންޓް