ޕީއެސްއެމްގެ ''ޓީވީއެމް ޤުރްއާން'' ޗެނަލް އެސްއެސްނެޓްއިން ދައްކަން ފަށައިފި

ޓީވީއެމް ޤުރުއާންގެ ޕްރޮމޯޝަނަލް ޕޯސްޓަރެއް ---

ޕީއެސްއެމްއިން އަލަށް ހުޅުވި "ޓީވީއެމް ޤުރުއާން" ޗެނަލް އެސްއެސް ނެޓް އިން ދައްކަން ފަށައިފިއެވެ.

މި ޗެނަލް ދައްކާނީ އެސްއެސްނެޓުގެ ޗެނަލް ނަންބަރު 25އިންނެވެ.

ޓީވީއެމް ޤުރުއާންގެ ނަމުގައި ހުޅުވި މި ޗެނަލް އަކީ 24 ގަޑިއިރު ޚިދުމަތްދޭ ކޭބަލް ޓީވީ ޗެނަލަކެވެ. މި ޗެނަލަކީ ކީރިތި ޤުރްއާނާއި ދިވެހި ތަރުޖަމާ ގެނެސްދޭ އަދި ކޮންމެ ތިން ދުވަހަކުން ޚަތިމެއް ކުރެވޭގޮތަށް ޤުރްއާނާއި ތަރުޖަމާ ފޮނުވާ ޗެނަލްއެކެވެ.

މިއީ ރާއްޖޭގައި 24 ގަޑިއިރު ޤުރުއާން ޗެނަލްއެއް ދިވެހި ތަރުޖަމާއާ އެއްކޮށް ދައްކާ ފުރަތަމަ ޗެނަލްއެވެ.

ޓީވީއެމް ޤުރުއާން ޗެނަލް އިފްތިތާހުކުރީ ޓީވީއެމްގެ 45 ވަނަ އަހަރީ ދުވަހާ ދިމާކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

މި ޤުރުއާން ޗެނަލާ ބެހޭ ގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު މީގެ ކުރިން "ސަން"އަށް ވިދާޅުވީ ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ޤުރުއާން ޗެނަލެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން މި ޗެނަލް އިފްތިތާޙުކޮށްދެއްވުމަށް ފަހު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މިފަދަ ޗެނަލްއެއް ހުޅުވުމުގެ ފައިދާ އެތައް ބަޔަކަށް ކުރާނެ ކަމަށެވެ.

މި ޗެނަލް ދައްކާނީ ޕީއެސްއެމް ކަނެކްޓްގެ އިތުރުން ހަމައެކަނި އެސްއެސް ނެޓްއިންނެވެ.

comment ކޮމެންޓް