މެލޭޝިއާގެ ގުރުއާން މުބާރާތަކުން ދިވެހި ދަރިވަރަކު ތިންވަނައަށް

މެލޭޝިއާގެ ގުރުއާން މުބާރާތަކުން ޝާޔާއަށް ތިންވަނައަށް --

މެލޭޝިއާގައި ބޭއްވި 64ވަނަ 'އިންޓަނޭޝަނަލް އަލްގުރްއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ 2024' ގުރުއާން މުބާރާތުން ދިވެހި ދަރިވަރެއްކަމަށްވާ ފާތިމަތު ޝާޔާ ޒާހިރު ތިން ވަނަ ހޯދައިފިއެވެ.

"ސަން"އާ ވާހަކަ ދައްކަމުން ޝާޔާގެ ބައްޕަ ބުނީ މި މުބާރާތުގައި ޝާޔާ ވާދަކުރީ އަންހެނުންގެ ނުބަލައި ކިޔުމުގެ ބައިންކަމަށެވެ. އަދި އަންހެނުންގެ ނުބަލައި ކިޔެވުމުގެ ބައިން ޝާޔާއަށް ތިންވަނަ ލިބިފައިވާކަމަށް އޭނާ ބުންޏެވެ.

މި މުބާރާތް ކުރިއަށް ދިޔައީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރީ މިއަދުއެވެ. މި މުބާރާތުގައި ބައިވެރިވެވެނީ 13 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ.

ޝާޔާގެ ބައްޕަ ބުނީ މި މުބާރާތުގައި ޝާޔާ ބައިވެރިވީ ގުރުއާނާ ބެހޭ މަރުކަޒު މެދުވެރިކޮށް ކަމަށެވެ.

ޝާޔާގެ މި ކާމިޔާބީ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޝާޔާއަށް މަރުހަބާ ދަންނަވާފައެވެ.

" މި އުފާވެރި މުނާސަބަތުގައި ޝާޔާއާއި އާއިލާއަށް ތަހުނިޔާއާއި ހެޔޮ ދުއާ ރައްދުކުރަން. މިއީ ރާއްޖެއަށް ލިބުނު ފަޚުރެއް. الحمد لله،" މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވެއެވެ.

ޝާޔާ ވަނީ މިދިޔަ އަހަރު މިސްރުގައި ބޭއްވި 29ވަނަ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޯލީ ޤުރުއާން" އިން ރާއްޖޭގެ ފަރާތުން ބައިވެރިވެ އެ މުބާރާތުން ދެވަނަ ހޯދައިފައެވެ.

https://sun.mv/174030

ޝާޔާ ވަނީ އުމުރުން 10 އަހަރުގައި ޤުރުއާން ހިތުދަސްކޮށްފައެވެ.

comment ކޮމެންޓް