ވިއްސަކަށް އަހަރުތެރޭ އިންޑިޔާއަށް 57,000 ޕައިލެޓުންނާއި މެކޭނިކުން ބޭނުންވާނެ: ބޮއިން

މަތިންދާބޯޓު އުފައްދާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބޮއިން

ކުރިޔަށް އޮތް ވިއްސަކަށް އަހަރު ތެރޭ އިންޑިޔާއަށް 31,000 ޕައިލެޓުންނާއި 26,000 މެކޭނިކުން ބޭނުންވެދާނެކަމަށް، މަތިންދާބޯޓު އުފައްދާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބޮއިންއިން ބުނެފިއެވެ.

އިންޑިއާ ޓައިމްސްއިން ރިޕޯޓްކޮށްފައި ވާގޮތުގައި އިންޑިއާއިން މިހާރު އޯޑަރު ދީފައިވާ ގިނަ އަދެއްގެ މަތިންދާބޯޓުތަކުގެ ދަތުރުތައް ކުރަން މި އަދަދަށް ޕައިލެޓުންނާއި އިންޖިނޭރުން ބޭނުންވާނެއެވެ.

ބޮއިންގެ އިންޑިއާގެ ރައީސް ސަލީލް ގުޕްޓޭ ވިދާޅުވީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ މާކެޓެއްގެ ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދު ދެމިއޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ ދެތިން މަސް ކުރިން، ޓާޓާ ގްރޫޕުން ހިންގާ އެއަރ-އިންޑިޔާއަށް ވަނީ ބޮއިންގެ އިތުރުން ޔޫރަޕްގެ އެވިއޭޝަންގެ އެންމެ ބޮޑު އެއާބަސް ކުންފުންޏަށް 470 ބޯޓަށް އޯޑަރު ދީފައެވެ.

މިކަމަށް އިޝާރާތް ކުރައްވަމުން ގުޕްތޭ ވިދާޅުވީ، މިއީ އިންޑިޔާއަށް ބަލާއިރު ވަރަށްވެސް ބޮޑު "ޑީލް"އެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން އިންޑިޔާގެ މުޅި ވައިގެ ދަތުރުފަތުރުގެ ސިނާއަތް ބަދަލުވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ގުޕްތޭ އިތުރަށް ވިދާޅުވީ އިންޑިޔާގެ އެއަރ ޓްރެފިކަށް އަންނާނެ ބޮޑު ބަދަލަށް ތައްޔާރުވުމުގެ ގޮތުން އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މިގޮތުން އެއަރޕޯޓްތައް އިތުރުކުރުމާއި ޕައިލެޓުންނާއިން އިންޖިނޭރުން ފަދަ މުވައްޒަފުން ތަމްރީންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް