އަނިޔާ ލިބުނު އަންހެން މީހާއަށް ޖެންޑާއިން ހިމާޔަތް ދީފި

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގދ. މަޑަވެލީގައި އިއްޔެ ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލައިގައި އަނިޔާ ލިބުނު އަންހެން މީހާއަށް ޖެންޑާ މިނިސްޓްރީން ހިމާޔަތްދީފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ މައްސަލަ މިނިސްޓްރީގެ ފަރާތުން ވެސް ފުލުހަށް ހުށަހަޅައިފައިވާކަމަށެވެ. އަދި އެ މައްސަލަ އެ މިނިސްޓްރީން ވެސް ބަލަމުން އަންނަކަމަށެވެ.

މީގެ އިތުރުން އަނިޔާ ލިބުނު އަންހެން މީހާއަށް ނަފްސާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީންވަނީ ގެވެށި އަނިޔާ ލިބުނު އެ އަންހެން މީހާއަކީ ކުޑަކުއްޖެއް ނޫންކަމަށް ވެސް ކަށަވަރު ކޮށްދީފައެވެ.

ގދ. މަޑަވެލީގައި ހިނގި އެ ހާދިސާ އާންމުންގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކާއެކުގައެވެ.

https://sun.mv/175327

ވީޑިއޯއިން ފެންނަނީ ފިރިހެނަކު، އަންހެނެއް ގެއިން ބޭރަށް ނެރެ އޭނާ މަގުމައްޗަށް ވައްޓައިލައިގެން އުޅޭ މަންޒަރެވެ. ކުޑަކުދިންނާއި އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުން އެ ސަރަހައްދުގައި ބަލަން ތިބި އިރު ވެސް އެ ފިރިހެން މީހާ ދިޔައީ ތަކުރާރުކޮށް އަންހެން މީހާއަށް އަނިޔާކުރަމުންނެވެ.

އެ އަންހެން މީހާ ގޭ ތެރެއަށް ވައިން ތަނުން އަލުން ފިރިހެން މީހާ އެ ގެއަށް ވަދެ، މަގުމައްޗަށް އަންހެން މީހާ ނެރެގެން ދަމާކޫއްތާފައި ގެންދާ މަންޒަރު ވެސް ފެނެއެވެ.

އެ މައްސަލައިގައި ފުލުހުންވަނީ 33 އަހަރުގެ ފިރެހެނަކު ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް