ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދާ ޒޯޔާ --

ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ 13 އަހަރުގެ އަންހެން ކުއްޖާ މިހާރު ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ޒޯޔާ ނަމަކަށް ކިޔާ ކުއްޖެކެވެ. ފުލުހުން ބުނީ އެ ކުއްޖާ ފެނިފައިވަނީ ހުޅުމާލެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އަދި މި މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހުގެ ރޭ 19:30 ހާއިރެވެ.

މީހުން ގެއްލިގެން ހޯދަން ރިޕޯޓުކުރާ މައްސަލަތައް ފާއިތުވި މަސްދުވަސް ތެރޭ ގިނަ އަދަދަކަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް