އެޗްޑީސީން ހުޅުމާލޭ ރައްޔިތުންނަށް ޚާއްސަ ޢާއިލީ ހަވީރެއް ބާއްވަނީ

އެޗްޑީސީން މީގެ ކުރިން ބޭއްވި އާއިލީ ހަވީރެއްގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހާ ގުޅުވައިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެޗްޑީސީ) އިން ހުޅުމާލޭ ރައްޔިތުންނަށް ޚާއްސަ އާއިލީ ހަވީރެއް ބާއްވަން ނިންމައިިފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު އެ ކުންފުނީގެ ފަރާތުން ބާއްވާ ޢާއިލީ ހަވީރަކީ ހުޅުމާލޭގެ ރައްޔިތުންނަށް ކުންފުނީގެ ފަރާތުން ދޭ މާހެފުމެއްގެ ގޮތުގައި ބާއްވާ ހަވީރެއް ކަމަށެވެ.

ކުދިބޮޑު ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށް މިމަހުގެ 17 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ބާއްވާ މި ޢާއިލީ ހަވީރު ކުރިއަށް ދާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބާބަކިއު ބީޗު ސަރަހައްދުގައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ވެސް އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހި، އަދި އެކުއެކީގައި އުޅޭ މުޖުތަމައުއެއްގެ ގޮތުގައި ބިނާކުރުމަކީ އެ ކުންފުނިން އަބަދު ވެސް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި އެކަން ކަށަވަރުކުރުމަށް ޓަކައި އެ ކުންފުނީގެ ފަރާތުން މީގެ ކުރިން ވެސް އެކި ކަހަލަ ހަރަކާތްތައް ރާވާ ހިންގާފައިވާނެ ކަމަށެވެ.

comment ކޮމެންޓް