އަމީނީ މަގު ސްޓެލްކޯ ކައިރިން ހުޅަނގަށް ދުއްވޭގޮތަށް ގާ އަތުރައި، ވަގުތީ ގޮތުން ހުޅުވާލަނީ

އަމީނީމަގުގަ ތާރުއެޅުން -- ފޮޓޯ/އެމްޓީސީސީ

ސްޓެލްކޯގެ އިމާރާތާ ޖެހިގެން ހުޅަނގަށް އޮންނަ މަގަށް ވަގުތީ ގޮތުން އުޅަނދުތަކަށް ވަދެވޭ ގޮތަށް ހަދަން މިއަދު ގާ އަތުރަން ފަށައިފިއެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) މިއަދު "ސަން"އަށް ވިދާޅުވީ ވެހިކަލަށް ވަދެވޭ ގޮތް ހަދަން އެ ސަރަހައްދުގައި ގާ އެތުރުމުގެ މަސައްކަތް ފެށުމަށް، ވެލި އެއްވަރު ކުރުމާއި އިތުރު މަސައްކަތްތައް ކުރާތާ މިހާރު ދެ ދުވަސް ވެއްޖެ ކަމަށެވެ.

"މިހާރު ގާ އަތުރަނީ ސްޓެލްކޯގެ އިމާރާތާ ޖެހިގެން ހުޅަނގަށް އޮންނަ މަގަށް ވެހިކަލަށް ވަދެވޭ ގޮތް ހެދުމަށްޓަކައި، ހަތަރު އަނގޮޅި ކަންމަތީގަ. އެ ސަރަހައްދުން ވެހިކަލްތަކަށް ދަތުރު ނުކުރެވޭތީ އާއްމު ވަރަށް ގިނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވޭ،" އޭނާ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވި ގޮތުގައި އެ ސަރައްހަދުގައި ގާ އަތުރަނީ ވަގުތީ ގޮތުންނެވެ. އަދި މިހާރު ތާރު އަޅަން ޖެހޭ ހިސާބަށް ތާރުއަޅަންދެން ގާ އަތުރާފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީނީ މަގުގައި ފުރަތަމަ ތިން ސެގްމެންޓުގައި ތާރުއެޅުމަށް ފަހު މިހާރު ވަނީ އާއްމުންނަށް އެ ހިސާބު ހުޅުވާލައިފައެވެ. އަދި މިހާރު އޮތީ އަމީނީ މަގު ފުރުގާން މިސްކިތާ ހިސާބަށް އެ މަގުގައި ތާރުއެޅުމަށް ބަންދުކޮށްފައެވެ.

https://sun.mv/174781

ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ.

ސަބް ކޮންޓްރެކްޓު އުސޫލުން، މަގުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލު ކުރީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފެށީ، މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ. އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓްގައި ތާރުއަޅައި ހަމަ އެރޭ ވަނީ ނިންމާލާފައެވެ. އެއީ 380 މީޓަރުގެ ސަރަހައްދެކެވެ.

އެންމެ ރެއަކުން ސްޓެލްކޯއާ ހަމައަށް ތާރުއަޅާ ނިންމާލައިފިއިތުރަށް ވިދާޅުވުމަށް
އަންނަ ޖުލައި މަހު މުޅި އަމީނީމަގުގައި އެއްކޮށް ތާރުއަޅައި ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ކުރިން ވަނީ "ސަން"އަށް ވިދާޅުވެފައެވެ.

comment ކޮމެންޓް