ސިއްޚީ ޚިދުމަތްދޭ ނުވަ ތަނެއްގެ އިމާރާތުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުންނާ ރޭ ހަވާލުކޮށްފިއެވެ.
ހެލްތް މިނިސްޓްރީއިން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސިއްޚީ ޚިދުމަތް ދިނުމަށް ޓަކައި ހަތަރު ރަށެއްގެ ހޮސްޕިޓަލާއި ހަތަރު ރަށެއްގެ ސިއްޚީ މަރުކަޒުގެ އިތުރުން ދަމަނަވެއްޓެއް އިމާރާތްކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.
މިނިސްޓްރީއިން ބުނީ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ކަމަށެވެ.
އެގޮތުން އެމްޓީސީސީއާ ހަވާލުކުރެވުނީ:
- ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 26,878,072.40 ރުފިޔާ - ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 27,219,325.40 ރުފިޔާ - ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105,360,655.93 ރުފިޔާ - ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105,132,701.20 ރުފިޔާ
މި މަސައްކަތް ކުރުމަށް އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަޢުދީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް އަބުުދުﷲ އެވެ.

ޞިއްޙީ ޚިދުމަތްދޭ ނުވަ ތަނެއްގެ އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި -- ފޮޓޯ/ ހެލްތް މިނިސްޓްރީ
ރޯޑް ޑިވެލޮމްޕަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކުރެވުނު މަސައްކަތް:
- ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 26,819,434.82 ރުފިޔާ - ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި
ޕްރޮޖެކްޓުގެ އަގު: 23,113,061.08 ރުފިޔާ - ހދ. ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 104,834,778.55 ރުފިޔާ - އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105,004,634.47 ރުފިޔާ
މި ޕްރޮޖެކްޓްތަކުގެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޝަރީފެވެ.

ޞިއްޙީ ޚިދުމަތްދޭ ނުވަ ތަނެއްގެ އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި -- ފޮޓޯ/ ހެލްތް މިނިސްޓްރީ
ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރެވުނީ ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުމަށެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 103,595,304.83 ރުފިޔާއެވެ.
ފެނައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނަޖާޙެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ޤާސިމެވެ.

ޞިއްޙީ ޚިދުމަތްދޭ ނުވަ ތަނެއްގެ އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި -- ފޮޓޯ/ ހެލްތް މިނިސްޓްރީ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓާ އޮފް ހެލްތު އަބުދުﷲ ނާޠިމް އިބްރާހީމް ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި އިތުރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.
އަދި ރައީސްގެ ވައުދާ އެއްގޮތަށް ޞިއްޙީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.