ހޯރަފުށި ކައިރިން ކުޑަ ކިނބުލެއް ހިފައިފި

އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން ހިފި ކިނބޫ -- ފޮޓޯ/ އެމްއެންޑީއެފް

ހއ. ހޯރަފުށި ކައިރި އުޅުނު ކުޑަ ކިނބުލެއް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ހިފައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ކިނބޫ ހިފީ އެ ރަށާ އެއް ފަޅެއްގައި އޮންނަ އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުންކަމަށެވެ.

އެ ކިނބޫގެ ދިގު މިނުގައި ގާތްގަނޑަކަށް ހަ ފޫޓު ހުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން ހިފި ކިނބޫ -- ފޮޓޯ/ އެމްއެންޑީއެފް

ކިނބޫ ފެނިގެން ހަރަކާތްތެރިވީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ސިފައިންނެވެ.

https://sun.mv/172832

މި މަހުގެ 13ވަނަ ދުވަހު ވެސް ވަނީ ބޮޑު ކިނބުލެއް ހިފައިފައެވެ. ކ. ބޮލިދުއްފަރު ކައިރިން ފެނުނު ކިނބޫ ވެސް ހިފުމަށްފަހު އެ ވަނީ ބޭރު ކަނޑަށް ދޫކޮށްލައިފައެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގެ އެކި ރަށް ރަށުން އަދި މޫދުން ވެސް ކިނބޫ ފެނިފައިވެއެވެ.

ރާއްޖޭގެ މާހައުލަކީ ކިނބުލަށް ދިރިއުޅެވޭނެ ފަދަ އެކަށީގެންވާ މާހައުލެއް އޮތް ގައުމެއް ނޫނެވެ.

އެހެންނަމަވެސް މި ދުވަސްވަރާ ދިމާކޮށް ކިނބޫ ރާއްޖެއިން ފެންނަނީ، އިރުވައި މޫސުމާ ގުޅިގެން ވައިޖެހޭ މިސްރާބު ބަދަލުވެ ކިނބުލަށް އޭގެ ދަތުރުތައް ކުރުމުގައި ނޭނގުމުގެ ތެރެއިންނެވެ.

comment ކޮމެންޓް