އއ. މަޑިވަރު ރިސޯޓުގެ ހުޅަނގު އުތުރުން ދަގަނޑު ބޮޔެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެދެފިއެވެ.
ކޯސްޓްގާޑުން ބުނީ، މަޑިވަރު ރިސޯޓުގެ ހުޅަނގު އުތުރުން 3.6 ނޯޓިކަލް ބޭރުން ދަގަނޑު ބޮޔެއް އޮޔާދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެގޮތުން، އެ ބޮއި އޮޔާދާ ކަަމަށް މައުލޫމާތު ލިބިފައި ވަނީ އިރަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބޮއި އޮޔާދާ ސަރަހައްދު: އެ ހިސާބުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވާން ވަނީ އެދިފައި --- ފޮޓޯ/ އެމްއެންޑީއެފް ކޯސްޓްގާޑް
އެހެންވެ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވާން ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރާއިރު އެކަމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އެދެފައެވެ.
މީގެ ކުރިން ލަކުޑި ފަދަ ބޮޑެތި ތަކަތި ކަނޑުމަތީ އޮޔައި ދިޔުމުގެ ހާދިސާތައް ކުރިމަތިވެފައިވެއެވެ.