ކ. ބޮލިދުއްފަރު ކައިރިން ބޮޑު ކިނބުލެއް ފެނުމާ ގުޅިގެން ސިފައިން އެ ކިނބޫ މިއަދި ހިފާ، ބޭރު ކަނޑަށް އެ ދޫކޮށްލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން އެ ކިނބޫ ފެނިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އެ ކިނބޫ ހިފާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި އެ ކިނބޫ ހިފުމަށްފަހު ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރު އެ ދޫކޮށްލާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގެ އެކި ރަށް ރަށުން އަދި މޫދުން ވެސް ކިނބޫ ފެނިފައިވެއެވެ.