ސަތޭކަ މީޓަރުގެ ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑު، ހަނާން ޙުސައިން ޙަލީމް އައުކޮށްފިއެވެ.
ހަނާން މި ރެކޯޑު އައުކޮށްފައި ވަނީ ތައިލަންޑްގައި ބޭއްވި ފީޑިންގ ފްރެންޒީ 2022 ފެތުމުގެ މުބާރާތުގެ ތެރެއިންނެވެ. އެއީ އެ މުބާރާތުގެ އަންހެނުންގެ (ލޯންގ ކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓުގައި ވާދަކޮށްގެންނެވެ.
ގައުމީ ރެކޯޑު ހަނާން އައުކުރީ 01.18.51 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މީގެކުރިން މި ރެކޯޑު އޮތީ މިރާލް ޢައިން ލަތީފްގެ އަތުގައެވެ. އޭނާ މި ރެކޯޑު ހަދާފައި ވަނީ މި އަހަރު ބޭއްވި ފަސްވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި 01.20.80 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
އެ މުބާރާތުގެ ތެރެއިން މިރާލް ޢައިން ލަތީފު ގައުމީ ރެކޯޑު އައުކުރިއިރު، އޭގެކުރިން މިއިވެންޓްގެ ޤައުމީ ރެކޯޑް އޮތީ މީގެ 18 އަހަރު ކުރިން، 2004 ވަނަ އަހަރު ބޭއްވި 9 ވަނަ ސައުތު އޭޝިއަން ފެޑަރޭޝަން ގޭމްސް (ސާފް ގޭމްސް) ގައި އައިޝަތު ސައުސަންގެ އަތުގައެވެ.
އެފަހަރު ސައުސަން އިވެންޓް ފުރިހަމަކޮށްފައިވަނީ 01.21.81 އިންނެވެ.