ރެހެންދި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކިޔެވުން މެދުކަނޑައިލައިފި

ހުޅުމާލެ ރެހެންދި ސްކޫލް --- ސަން ފައިލް ފޮޓޯ

ހުޅުމާލޭ ރެހެންދި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މިއަދަށް ކިޔެވުން މެދުކަނޑައިލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ މިއަދު ހެނދުުނު 6:30ހާއިރު ކަމަށެވެ. އެއާއެކު ހުޅުމާލެ ފަޔާ އެންޑް ރެސްކިއުއިންވަނީ އެ އަލިފާންގަނޑު 07:19ހާއިރު ނިއްވައިލައިފައެވެ.

އަލިފާން ރޯވެފައިވަނީ އެ ސްކޫލުގެ ހަތަރުވަނަ ފްލޯއާއި ފަސްވަނަ ފްލޯގައި ހުރި ކަރަންޓު ބޯޑެއްގައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. މި ހާދިސާގައި އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ހާދިސާގެ ކަންކަން މެނޭޖުކުރިއިރު ދަރިވަރުންގެ ރައްކާތެރިކަމަށް ސަމާލުކަން ދީފައިވާނެކަމަށް ބުނެފައެވެ. އަދި މިހާރު ކަރަންޓު ނެތް ފްލޯތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވެސް އެ މިނިސްޓްރީންވަނީ ބުނެފައެވެ.

comment ކޮމެންޓް