ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު ޒުވާން އަންހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ، ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ.
ފުލުހުން ބުނީ، އެ ކުއްޖާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ހިންގި މި އޮޕަރޭޝަން ގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
ޒީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ. މި މައްސަލަ އަންނަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
comment ސލހ
1 month 5 day ago
އަންހެނުންނާއި ފިރިހެނުން ހުރިހާ ކަމެއްގަ ހަމަހަމަ ކުރީމަ ވާ ގޮތް މިއީ. މިކަމުގަ ވެސް ހަމަހަމަ.
comment ދިލްސާ
1 month 5 day ago
މުއްލާ އަތެއްނުވި ތިއަންހެންކުއްޖާތީ ތިކަމުގެއަޑީގަ ހުރިމީހާއެއްނޫ އަސްލުމީހާދޫވެފަހުރުމުން ދެންތިބިއެންމެންވެގެން ތިކުއްޖާވެސް ސަލާމަތްވާނެ މައްސަލަނިމޭނީ ޕޮލިސްގޭންގު ކުއްވެރިވެގެން
comment ލާމު
1 month 5 day ago
ޒުވާން އަންހެން ކުއްޖަކަށް ވަނީ ޢުމުރުން ކިހާވަރެއްވީމަ.
comment ޢިޒޫ
1 month 5 day ago
ހާދަ ހިތާމަވެރި ޚަބަރެކޭ.
comment އައްޓަމަސް
1 month 5 day ago
އަންހެނެއް!