6.5 މިލިއަން ރުފިޔާގެ ބިލް ނުދައްކައިގެން އެފްއޭއެމް އިން ކަރަންޓް ކަނޑާލައިފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެފްއޭއެމް އިން 6.5 މިލިއަން ރުފިޔާގެ ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލައިފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެފްއޭމްއިން އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގައިފައިވާ ކަމަށެވެ. އަދި އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ވެސް އެފްއޭމްއަށް މީގެ ކުރިން ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް އެކި ފަހަރު މަތިން އަންގައި، ގިނަ ފުރުސަތުތަކެއް ދީގެން އެކަންވެސް ކޮށްފައި ނުވާތީ، އެފްއޭއެމް ހައުސްއިން މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ، އެ ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް އެ ކުންފުނިން ވިސްނަމުންދާ ކަމަށެވެ.

އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒް "ސަން"އަށް ވިދާޅުވީ އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމާ ގުޅޭ ނޫސް ބަޔާނެއް ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް