ކޮއްޓެފަރު ބާގައި އަލިފާން ރޯވެ، އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ރ.އަތޮޅު ބްރެއްނިއާ ކޮއްޓެފަރު ބާގައި ހިނގި އަލިފާނުގެ ހާދިސާ--- ފޮޓޯ/ އެމްއެންޑީއެފް

ރ.އަތޮޅު ބްރެއްނިއާ ކޮއްޓެފަރު ބާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބާ ހުންނަ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެެންޑީއެފުން ބުނީ އެތަނުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން، ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ރ.އަތޮޅު ބްރެއްނިއާ ކޮއްޓެފަރު ބާގައި ހިނގި އަލިފާނުގެ ހާދިސާ--- ފޮޓޯ/ އެމްއެންޑީއެފް

އެ ހާދިސާގެ ރިޕޯޓް އެމްްއެންޑީއެފަށް ލިބުނީ ރޭ ދަންވަރު 01:12 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

"ނައިފަރު ފަޔާ ސްޓޭޝަންގެ ފަޔާމަނުންނަށް ރޭ ދަންވަރު 02:46 ހާއިރު އެ ރިސޯޓަށް ދެވުނުއިރު އެ ރިސޯޓްގެ ފަޔާ ސްކޮޑުން ވަނީ އެ ހާދިސާގެ 90 ޕަސެންޓް ކޮންޓްރޯލްކޮށްފައި،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ރިސޯޓްގެ ފަޔާ ސްކޮޑާއި ޅ.ނައިފަރު ފަޔާ ސްޓޭޝަންގެ ފަޔާމަނުން ގުޅިގެން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 04:05 ހާއިރު ކަމަށެވެ.

ރ.އަތޮޅު ބްރެއްނިއާ ކޮއްޓެފަރު ބާގައި ހިނގި އަލިފާނުގެ ހާދިސާ--- ފޮޓޯ/ އެމްއެންޑީއެފް

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

comment ކޮމެންޓް