10 ޓަނު މަހާ އެކު ގާފަރު ދޯންޏެއް ފަރަކަށް އަރައި ބޮޑެތި ގެއްލުންތަކެއް

ގާފަރު ހުދަންބަރު ދޯނި ފަރަށް އަރާފައި ---

ދިހަ ވަރަކަށް ޓަނު މަސް ބާނައިގެން ކިރަން ދިއުމުގެ މަގުމަތީގައި ކ. ގާފަރު ދޯންޏެއް ފަރަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް 'ސަން'އަށް ވިދާޅުވީ, ފ. އަތޮޅުގައި އޮންނަ އިމިތި ނަމަކަށްކިޔާ ފަރަކަށް އުރިފައިވަނީ އެ ރަށު 'ހުދަންބަރު 12' ކަމަށެވެ.

އޭނާ ބުނީ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ މިއަދު ކަމަށާއި ފަރަށް އުރުނުއިރު ދޯނި ދިޔައީ 10 ވަރަކަށް ޓަނު މަސް ބާނައިގެން އެ ވިއްކުމަށް މާލެއާ ދިމާލަށް ދަތުރުކުރަމުން ކަމަށެވެ.

ގާފަރު ހުދަންބަރު ދޯނި ފަރަށް އަރާފައި ---

ދޯނީގެ އެއްވެސް މީހަކާ އަދި ގުޅިފައި ނުވާކަން ފާހަގަކޮށް މުބައްޝިރު ވިދާޅުވީ, ދޯނި ފަރަށް އުރުމުން ފުންކުރުމުގެ މަސައްކަތުގައި ފަޅުވެރިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބެލެވޭ ކަމަށެވެ.

އެ ދޯނި ފަރަށް އުރިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ފަރުމަތީގައި އަރިއަކަށް އޮތް އެ ދޯންޏަށް ރާޅު ބިންދާއިރު ދޯންޏަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އަދި ރައްކާތެރިވުމަށް ފަޅުވެރިން ތިބީ ދޯނިން ފައިބައި ފަރުމަތީގައެވެ.

comment ކޮމެންޓް