މުދަލާ އެކު ރޭ ފަރަށް އެރި ބޯޓު ފުންކޮށްފި

މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އެމްއެންޑީއެފް

މާލެއިން މުދާ ބަރުކޮށްގެން 16 މީހުންނާ އެކު ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުން ދަނިކޮށް ރޭ ފަރަށް އެރި ބޯޓު މިއަދު ފުންކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް އެރި ބޯޓު މިއަދު ހެނދުނު 11:10 ހާއިރު ފުންކޮށްފައިވާ ކަމަށެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ޑައިވަރުންނާ އެކު ބޯޓުގެ ފަޅުވެރިން ހަރަކާތްތެރިވެފައިވާކަން އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.

https://sun.mv/191578

އެ ބޯޓު ފަރަށް އަރާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މުދާ ބަރުކޮށްގެން ދަނިކޮށް ބޯޓު ފަރަށް އެރިއިރު އޭގައި 16 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ބޯޓާ ގުޅޭ އިތުރު ތަފުސީލު ހޯދަން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.

ރޭގަނޑު ކަނޑުމަގުން ދަތުރުކުރާއިރު ބޯޓު ފަހަރު ފަރަށް އެރުމަކީ ދޭތެރެއަކުން ހިނގާ ކަމެކެވެ. މި ފަދަ ހާދިސާތަކުގައި ބައެއް ފަހަރު ބޮޑެތި ގެއްލުންވެފައި އެބަހުއްޓެވެ.

comment ކޮމެންޓް