"ބާޒީގަރްގެ ނެގެޓިވް ރޯލަށްފަހު ޝާހު ބޭނުންވީ ކޮމެޑީ ފިލްމެއް ކުޅެން"

ބާޒީގަރުގެ މަންޒަރެއްގައި ޝާހް--

ޑައިރެކްޓަރު އައްބާސް އަލިބައި ބުރްމާވައްލާ އާއި މުސްތާން އަލިބައި ބުރްމާވައްލާ ނުވަތަ މަޝްހޫރު ނަމުން ނަމަ، އައްބާސް-މުސްތާން ވަނީ ބޮލީވުޑްގެ 90ގެ އަހަރުތަކުން 2000ގެ އަހަރުތަކުގައި މަޝްހޫރުފިލްމުތަކެއް ނެރެފައެވެ. ކޮމެޑީ އާއި ތުރިލާ ފިލްމުތަކުން މި ޑައިރެކްޓަރު ޑުއޯގެ ފިލްމުތައް އަދިވެސް އާއްމުންގެ މެދުގައި މަގުބޫލެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ޕިންކް ވިލާއަށް ދިން ހާއްސަ އިންޓަވިއުގައެއްގައި މި ދެ ޑައިރެކްޓަރުން ވަނީ މީގެ ކުރިން ހާމަނުކުރާ ވާހަކަތަކެއް ހާމަކޮށްފައެވެ. އިންޓަވިއުގައި ޑައިރެކްޓަރު ބުނީ، އެމީހުންގެ މަޝްހޫރު ފިލްމު 'ބާޒީގަރް' އާއި 'ބާދްޝާހް' ޝާހުރުކް ޚާންގެ ހަޔާތުގެ މުހިއްމު ފިލްމުތަކަށް ވާނެކަމަށް ހީ ނުކުރާ ކަމަށެވެ. ބޮލީވުޑް ބާދްޝާހުގެ ލަގަބުވެސް ޝާޙު އަށް ލިބުނީ މި ފިލްމަށް ފަހުއެވެ.

ބާޒީގަރް ފިލްމަށް ފަހު، ދެން ކުޅެން ބޭނުން ވަނީ މަޖާ ކޮމެޑީ ރޯލެއް ކަމަށް ޝާހު ބުނި ކަމަށް ޑައިރެކްޓަރުން ބުންޏެވެ. އަދި، ބާދްޝާހުގެ ކެރެކްޓާ އުފެއްދީ އެ ވިސްނުމުގައި ކަމަށް ވެއެވެ. ބާދްޝާހު ފިލްމުގައި ޝާހު ފެންނަނީ ހެއްވާ މަޖާ ޕްރައިވެޓް ޑިޓެކްޓިވް އެއްގެ ގޮތުގައެވެ. މި ފިލްމުގައި ޝާހުއާއެކު، ޓްވިންކަލް ކަންނާ އާއި ޖޮނީ ލިވާ އާއި އަމްރިޝް ޕޫރީ އަދި ރާކީ ގުލްޒާރް ފަދަ ބޮލީވުޑްގެ މަޝްހޫރު ތަރިން ފެނުނެވެ.

މި ފިލްމުގެ އިތުރުން އައްބާސް-މުސްތާން ވަނީ ބޮލީވުޑްގެ އައިކޮނިކް އެތައް ފިލްމެއް ޑައިރެކްޓުކޮށްފައެވެ. އެގޮތުން، ''އައިތުރާޒް' އާއި 'ރޭސް' އަދި 'ރޭސް 2' ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް