ފަނޑިޔާރު ކަމުގައި 36 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުالله އަލީ,55 ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.
ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކޮށްދެއްވުމަށް އެދި އަބްދުالله އަލީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ އެކަން ބަލައިގަނެފައެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުން އޭނާ އެއްފަރާތް ވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު އެ ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވުމަށް ހަމަޖެހިފައިވަނީ ގާޒީ ނިމާލް ޖުނައިދުއެވެ.
ޖޭއެސްސީން ވަނީ މީގެ ކުރިން އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލަތަކެއް ވެސް ބަލާފައެވެ. ނަމަވެސް އެ މައްސަލަތައް ސާބިތުވެފައެއް ނުވެއެވެ.