ލެގޫންސްގެ އިންތިޚާބު ހުއްޓުވި މައްސަލަ ބާތިލުކޮށްފި

ލެގޫންސް ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށް ފަހު --

ލެގޫންސް ސްޕޯޓްސް ކްލަބުގެ އިންތިޚާބު ހުއްޓުވައި ސިވިލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ، އެ ކޯޓުން ބާތިލުކޮށްފިއެވެ.

ލެގޫންސްގެ އިންތިޚާބު ކަންތައް ސިވިލް ކޯޓުން ހުއްޓުވީ، އެ ކްލަބުގެ ހިންގާ ގަވައިދާ ޚިލާފަށް، ވައިބާ އެޕްލިކޭޝަން މެދުވެރިކޮށް އިންތިޚާބު ބޭއްވި ކަމަށް، ބުނެ، މއ. ނޮޅިވަރަންގޭ އަބްދުލްވާހިދު އަދި މއ. ފަޅުމަތީގޭ އަހްމަދު އަލީ، ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުމުން ނެރުނު އަމުރެއްގެ ދަށުންނެވެ. އެއީ، މިދިޔަ މާރިޗު މަހުގެ ތިންވަނަ ދުވަހު ނެރުނު އަމުރެކެވެ.

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން، ނެރުނު މި އަމުރަކީ 15 ދުވަހުގެ ތެރޭގައި އިންތިޚާބާ ގުޅޭ މައްސަލަ ރަސްމީކޮށް ކޯޓަށް ހުށަހަޅަން އަންގައި، އެ މައްސަލަ ކޯޓަށް ހުށަހަޅައި ކޯޓުން ގޮތެއް ނިންމަންދެން، އިންތިޚާބާ ގުޅޭ ކަންކަން ހުއްޓުވުމަށް ނެރުނު އަމުރެކެވެ.

އެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހަޅަން، އަބްދުލްވާހިދު އަދި އަހްމަދު އަލީއަށްވަނީ އަންގައިފައެވެ. އެކަމަކު، އެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަނޭޅުމުން ސިވިލް ކޯޓުން މިއަދު އެ މައްސަލަ ބާތިލު ކުރީއެވެ. އެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަނާޅައިފިނަމަ އަމުރު ބާތިލުވާނެކަން އެ އަމުރުގައި އޮތީ ބަޔާންކޮށްފައެވެ.

މައްސަލަ މިއަދު ބާތިލު ކުރިއިރު، އެ ދުވަހު ނެރެފައިވާ ވަގުތީ އަމުރުގައި، ސިވިލް ކޯޓުންވަނީ ވައިބާ މެދުވެރިކޮށް ބޭއްވި އިންތިޚާބަށް އަމަލު ނުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ. އަދި ލެގޫންސްގެ މެންބަރުންގެ ހައްގު ގެއްލޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށްވެސް ސިވިލް ކޯޓުންވަނީ އެ ކްލަބާއި ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފައެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުގައި، ލެގޫންސްގައި 89 މެންބަރުން ތިއްބައި، އިންތިޚާބު ބާއްވާފައިވަނީ އެންމެ 14 މެންބަރުން ހިމެނޭހެން ވައިބާ ގްރޫޕެއްގައެވެ.

ދެހާސް ބާވީސް އަހަރު، ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، މިހާރު ދެވަނަ ޑިވިޝަނުގައި އޮތް ލެގޫންސްއަކީ ކުރިން ދިވެހި ކުޅިވަރުގައި ވަކިން ޚާއްސަކޮށް ފުޓްބޯޅައިގައި ގަދަ ބާރެކެވެ. އެކަމަކު ފަހުން ފަހުން އެ ކްލަބަކަށް ފުރަތަމަ ޑިވިޝަންގެ ޖާގައެއް ނުލިބެއެވެ.

ލެގޫންސް ސްޕޯޓްސް ކްލަބުގެ ހިންގާ ގަވައިދާ ޚިލާފަށް ވައިބާ މެދުވެރިކޮށް އިންތިޚާބު ބޭއްވިކަމަށް ބުނެ، އެކަން ހުއްޓުވުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މިއަދު ވަނީ ބާތިލުކޮށްފައެވެ. މިއީ މާރިޗު މަހުގެ 3 ވަނަ ދުވަހު ނެރުނު އަމުރެކެވެ. މި އަމުރު ބާތިލުކުރީ، އިންތިޚާބާ ގުޅޭ މައްސަލަ ރަސްމީކޮށް ކޯޓަށް ހުށަހެޅުމަށް ގާޒީ އަބްދުﷲ އިހްސާން ދެއްވި 15 ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހަޅާފައި ނުވާތީއެވެ. މި އަމުރަކީ ކްލަބުގެ 89 މެންބަރުން ތިއްބައި، އެންމެ 14 މެންބަރުންނާއެކު ވައިބާ ގްރޫޕެއްގައި އިންތިޚާބު ބާއްވާފައިވާތީ، އެކަމާ ދެކޮޅަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުނު އަމުރެކެވެ. ލެގޫންސްއަކީ ދިވެހި ފުޓްބޯޅައިގައި ކުރިން ފާހަގަކޮށްލެވުނު ކްލަބެކެވެ. އެ ކްލަބުން 2022 ވަނަ އަހަރު 3 ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، މިހާރު ކުޅެމުންދަނީ 2 ވަނަ ޑިވިޝަނުގައެވެ.

  • ލެގޫންސް ކްލަބުގެ އިންތިޚާބު ހުއްޓުވުމަށް މާރިޗު 3 ވަނަ ދުވަހު ނެރުނު އަމުރު ސިވިލް ކޯޓުން ބާތިލުކުރުން.
  • ވަގުތީ އަމުރު ބާތިލުކުރީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ދިން 15 ދުވަހުގެ ތެރޭގައި އެކަން ކޮށްފައި ނުވުމުން.
  • މައްސަލަ ފެންމަތިވީ 89 މެންބަރުން ތިބޭ ކްލަބެއްގެ އިންތިޚާބު 14 މެންބަރުންނާއެކު ވައިބާއިން ބޭއްވުމުން.
  • ލެގޫންސްއަކީ 2022 ވަނަ އަހަރުގެ 3 ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި މިހާރު 2 ވަނަ ޑިވިޝަނުގައި އޮތް ކްލަބެއް.
  • މައްސަލަ ހުށަހެޅި ފަރާތްތަކުން ކޯޓުގެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައި ނުވުމުން ކްލަބުގެ ހިންގުމަށް ކުރިމަތިވި ހުރަސް ނިމުމަކަށް އައުން.
comment ކޮމެންޓް