ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެނީ

ހުޅުމާލޭގައި މިރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް --- ސަން ފޮޓޯ

ހުޅުމާލޭގައި މިރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 12:45 ހާއިރު ހުޅުމާލޭ ނިރޮޅު މަގުގައެވެ.

މަންޒަރު ދުށް މީހަކު 'ސަން' ބުނީ ދެ ސައިކަލް އައީ ނިރޮޅު މަގުގެ ދެ ކޮޅުން ކަމަށާއި އެކްސިޑެންޓްވެފައި ވަނީ އެ މަގާ އިން ވެގެން ހުރި ޗަނބޭލީ މަގަށް އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ހުޅުމާލޭގައި މިރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް --- ފޮޓޯ: ސަން

"ދެ ކޮޅުން އައި ދެ ސައިކަލު ވެސް އުޅުނީ ޗަނބޭލީ މަގަށް އަޅަން. ދެން ފެނުނީ ވެއްޓިފައި އޮތްވާ," މަންޒަރު ދުން މީހަކު ކިޔައިދިނެވެ.

ދެ ސައިކަލު ދުއްވަން އިން ދެ ފިރިހެނުންނަށް ވެސް އަނިޔާވެފައިވާއިރު އެތަނުން އެއް ސައިކަލް ދުއްވަން އިން މީހަކަށް ވަރަށް ބޮޑަށް އަނިޔާވi ކަމަށް އޭނާ ކިޔައިދިނެވެ.

އެގޮތުން އޭނާގެ ފަޔާ އަތުގެ ހަން މަށައިގެން ގޮސްފައިހުރި އިރު އެއްވެސް ވަރަކަށް ނުހިނގޭ ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެ މީހާ ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް