ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގީރު އާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މުހައްމަދު ނަޝީދު (ކާނަލް) ހައްޔަރުކޮށްފިއެވެ.
އެނގިފައިވާގޮތުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުންނެވެ.
ކާނަލް ނަޝީދުގެ އިތުރުން ގާނޫނީ ވަކީލު އަޙްމަދު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރުކުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފައެވެ.
ކާނަލް ނަޝީދާއި، ނާޒިމް ސައްތާރުގެ އިތުރުން އަބްދުއްރަހްމާން އަލަމް ގީރު އުޅޭ ކޮޓަރީގައި ހަރަކާތްތެރިވާ ވީޑިއޯތަކެއް މިދިޔަ މާޗު މަހުން ފެށިގެން މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެ ވީޑިއޯތަކަތުގެ ސްކްރީން ޝޮޓްތަކެއް ވެސް ވަނީ ދައުރުވެފައެވެ.
އެ ފޮޓޯތަކާ ބެހޭގޮތުން މީގެކުރިން ކާނަލް ނަޝީދު ވަނީ ދައުރުވަމުންދާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެންނަ ކޮޓަރިއަށް ދިޔަކަމަށް އެއްބަސްވެފައެވެ. އޭނާ ވިދާޅުވީ އެ ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ބަޔަކު ދައުވަތު ދިނުމުންކަމަށެވެ. އަދި ބަދުއަހުލާޤީ އެއްވެސް އަމަލެއް ހިންގާފައިނުވާނެކަމަށް ވިދާޅުވިއެވެ.
މި މަައްސަލަގައި ކާނަލް ނަޝީދުގެ ޕާސްޕޯޓު ވަނީ ހިފައްޓާފައެވެ. ނަމަވެސް އޭނާގެ ބަޔާނެއް ފުލުހުން މިހާތަނަށް ނަގާފައެއް ނުވެއެވެ.
އެ އެންމެންގެ ޕާސްޕޯޓް މިހާރު ވަނީ ހިފަހައްޓައިފައެވެ. އޭގެތެރެއިން ނާޒިމް ސައްތާރު ވަނީ މީގެކުރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާކުކޮށްފައެވެ. އެނގިފައިވާގޮތުގައި މިވަގުތު އޭނާ ހުރީ މާލެއިން ބޭރުގައެވެ.
އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ އަލަމް ގީރުއެވެ. އޭނައާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ ގިނައެވެ. އޭގެތެރޭގައި ސްކޫލްތަކުގެ ޓީޗަރުން ވެސް ހިމެނެއެވެ.