ޓިކްޓޮކް ތަރި ޝިފާގެ ޕާސްޕޯޓު ހިފަހައްޓައިފި

މަރިޔަމް ޝިފާ ----

ޓިކްޓޮކް ކުޅެގެން ގިނަ ބައެއްގެ މަޝްހޫރުކަން ހޯދި މަރިޔަމް ޝިފާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.

ޝިފާ ކަމަށް ބެލެވޭ މީހަކާއި އިތުރު އަންހެނަކު، އެއްޖިއްސުން ގުޅުން ހިންގާ ވީޑިއޯއެއް މީސް މީޑިގައި ވަނީ އާއްމު ކޮށްފައެވެ. އެ ވީޑިއޯގައި ޝިފާ ކަމަށް ބެލެވޭ މީހާ އިތުރު އަންހެނަކާއެކު ބަރަހަނާ ހާލުގައި ތިބެގެން، ބަދުއަޚްލާގީ އަމަލު ހިންގާ މަންޒަރު ފެނެއެވެ.

އެ ވީޑިއޯ އާއްމު ވުމާއިއެކު ފުލުހުން ބުނީ ވީޑިއޯގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ބަލަމުން އަންނަ ކަމަށް ބުނި މައްސަލައިގެ އިތުރު ތަފުސީލެއް މިއަދާ ހަމައަށް އައި އިރުވެސް ހާމައެއް ނުކުރައްވައެވެ.

ވީޑިއޯ މައްސަލައިގައި ޝިފާ މަސައްކަތް ކުރަމުން އަންނަ ނަށާ ގްރޫޕުން ވެސް އޭނާ ވަނީ ވަކިކޮށްފައެވެ. އެ ގްރޫޕަކީ ފިލްމީތަރި ޖާދުﷲ އިސްމާޢީލާއި އިތުރު ބަޔަކު ގުޅިގެން ހިންގާ ޑާންސް ގްރޫޕެކެވެ.

ރާއްޖޭގެ ފިލްމީ ތަރީންގެ ފަރާތުން ބަދުއަޚުލާގީ މިފަދަ ވީޑިއޯތަކާއި ފޮޓޯ އާއްމުވެ، މުޅި ފިލްމު އިންޑަސްޓްރީއަށް މީހުންގެ ފާޑުކިއުންތައް އަމާޒު ވުމަކީ އައު ކަމެއް ނޫންނެވެ.

މަސްތުވާތަކެތި އެތެރެކޮށްގެން ބޭނުން ކުރުމާއި އެތަކެތީގެ ވިޔަފާރި ކުރުމާއި ބަނގުރާ ބުއިމުގެ އިތުރުން ބަދުއަޚުލާގީ އެކިއެކި މައްސަލަތަގުގައި ވެސް ތާށިވެގެން، ދާއިރާއާ ދުރަށްދާން މަޖުބޫރު ވެފައި ތިބި އެތައް ތަރީންނެއް މިއަދުވެސް ވެސް އެބަތިއްބެވެ.

comment ކޮމެންޓް