އޯގަސްޓް މަހު ފެށުމަށް ހަމަޖައްސައި، 'އިންޓަ ރިސޯޓް ވޮލީބޯލް ޗެންޕިއަންޝިޕް 2022' އިއުލާނު ކޮށްފިއެވެ.
މި މުބާރާތް އެކުލެވިގެން ވަނީ ދެ މުބާރާތުގެ މައްޗަށެވެ. އެއީ އިންޓަ ރިސޯޓް ޗެމްޕިއަންޝިޕާއި (ރިޒޯޓް ޒޯން) އަދި ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕެވެ.
މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ހޯސްޓްކުރަން ކަނޑައެޅޭ ރިސޯޓްތަކުގައެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި އިއުލާނެއްގައި ވާގޮތުން، މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 1 އޯގަސްޓް ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިންނެވެ.
މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން 500 ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ، ޗަންދާއެއްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް މުބާރާތުގެ ގަވާއިދުގައިވެއެވެ.
މުބާރާތް ވީހާވެސް ގިނަ ރިސޯޓެއްގައި ބޭއްވުމާއި މުބާރާތުގެ ފޯރި އިތުރު ކުރުމަށްޓަކައި، މުބާރާތް ހޯސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް، ބައިވެރިވުމުގެ ޗަންދާގެ 50 ޕަސެންޓް ދިނުމަށް ހަމަޖެހިފައި ވާއިރު، ބައިވެރިވާ މުއްދަތު ހަމަ ވުމަށްފަހު، މުބާރާތުގައި ބައިވެރިވާން ހުށަހަޅާ ޓީމުތަކުން ޖޫރިމަނާއެއްގެ ގޮތުގައި 250 ޑޮލަރު ނުވަތަ އެއާ އެއްއަދަދެއްގެ ދިވެހި ފައިސާ ދައްކަން ޖެހޭކަމަށް ގަވާއިދު ބުނެއެވެ.