އިންޑިއާގެ އިދިކޮޅު ލީޑަރު ސޯނިއާ ގާނދީއަށް ކޮވިޑްޖެހި، އެނދުމަތިކޮށްފި

އިންޑިއާގެ އިދިކޮޅު ޕާޓީގެ ލީޑަރު ސޯނިއާ ގާނދީ -- ފޮޓޯ / މާތުރް

އިންޑިއާގެ އިދިކޮޅު ޕާޓީގެ ލީޑަރު ސޯނިއާ ގާނދީއަށް ކޮވިޑްއާ ގުޅުންހުރި ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، ވެރިރަށް ނިއުދިއްލީގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފިއެވެ.

ސޯނިއާ ގާނދީގެ ކޮންގްރެސް ޕާޓީއިން އިއްޔެ ވަނީ އެކަމަނާ އެނދުމަތިކުރައްވާފަވާކަން އިއުލާން ކޮށްފައެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެެވެ. އެކަމަނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މި މަހުގެ ދެވަނަ ދުވަހުގައެވެ.

އުމުރުން 76 އަހަރުގެ ސޯނިއާ ގާންދީ ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ސިއްހީ މައްސަލަތަކާއި ގުޅިގެން އެމެރިކާއަށް ދަތުރުކުރައްވާފައެވެ.

ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީގެ އަނބިކަނބަލުން ކަމަށްވާ ސޯނިޔާ ގާންދީއަކީ 1947 ވަނަ އަހަރު އިނގިރޭސީންގެ އިސްތިއުމާރީ އަޅުވެތިކަމުން މިނިވަންކަން ހޯދުމަށް ފަހު އިންޑިއާގައި ވެރިކަން ކުރި ކޮންގްރެސް ޕާޓީގެ އެންމެ ގިނަ ދުވަސްވީ ރައީސެވެ. މީގެ އިތުރުން އެކަމަނާގެ ދަރިކަލުން ރާހުލް ގާންދީ ވެސް ވަނީ ކޮންގްރެސް ޕާޓީގެ ރައީސްކަން ކުރައްވާފަ އެވެ.

2004 ވަނަ އަހަރު ބޭއްވި ލެޖިސްލޭޓިވް އިންތިޚާބުގައި ސޯނިއާ ގާނދީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އެންމެ އިސް މަގާމުން ފަހަތަށް ޖެހުމަށްފަހު އިކޮނޮމިސްޓް މަންމޯހަން ސިންހް ޕްރައިމް މިނިސްޓަރަކަށް ނޮމިނޭޓް ކުރުމުން ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބިފައިވެއެވެ.

ދެހާސް ސާދަ ވަނަ އަހަރާއި 2019 ވަނަ އަހަރު ބޭއްވި ގައުމީ އިންތިހާބުން މޯދީގެ ހިންދޫ ގައުމިއްޔަތު އޮތް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި ވާދަކޮށްގެން ކޮންގްރެސް ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވެއެވެ.

ދެހާސް ސާދަ ވަނަ އަހަރު 543 މެމްބަރުން ހިމެނޭ ޕާލަމެންޓްގެ 44 ގޮނޑި ކޮންގްރެސްއިން ކާމިޔާބު ކުރި ނަމަވެސް، މިދިޔަ އަހަރުގެ އިންތިހާބުތަކުން އެ ޕާޓީއަށް އެއްވެސް ދިރުމެއް ނުފެންނަ އިރު، އެ ޕާޓީއަށް ލިބުނީ އެންމެ 52 ގޮނޑިއެވެ.

މިހާރު އިންޑިއާގެ 28 ސްޓޭޓް ކޮންޓްރޯލް ކުރަމުން އަންނަ ކޮންގްރެސް އަކީ 1885 ވަނަ އަހަރު އުފެދުނު އިންޑިއާގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީއެވެ.

comment ކޮމެންޓް