ހުޅުމާލެ ފްލެޓެއްގެ ތިންވަނަ ފްލޯއިން ވެއްޓުނު ޒުވާނަކަށް ފަރުވާ ދެނީ

ހުޅުމާލޭ ފްލެޓެއްގެ ތިން ވަނަ ފްލޯއިން ވެއްޓުނު ޒުވާނާ ހޮސްޕިޓަލަށް ގެންދަނީ --- ފޮޓޯ: އެމްވީ ކްރައިސިސް

ހުޅުމާލޭ ފްލެޓެއްގެ ތިން ވަނަ ފްލޯއިން ވެއްޓުނު ޒުވާނަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, ހުޅުމާލޭ ފޭސް އެކެއްގެ ފްލެޓެއްގެ ތިން ވަނަ ފްލޯއިން އަންހެނަކު ވެއްޓިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ.

ވެއްޓިފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ޒުވާނާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ދާދިފަހުން ވެސް ވަނީ ހުޅުމާލޭ ފްލެޓަކުން ކުޑަ ކުއްޖަކު ވެއްޓި އަނިޔާވެފައެވެ. އަދި ރިސޯޓެއްގެ އިމާރާތެއްގެ މަތިން ވެއްޓުނު ޒުވާނަކު ވަނީ މަރުވެސް ވެފައެވެ.

comment ކޮމެންޓް