މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ފަތުރުވެރިންތަކެއް އެއާޕޯޓްގައި: މިއަދު ވަނީ ގެނބިގެން ފަތުރުވެރިއަކު މަރުވެފައި--

އދ. ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އދ. ރިސޯޓެއްގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:11 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ގެނބުނު މީހާ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވާކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައިވަނީ 30 އަހަރުގެ އިންޑިއާގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.

އެ މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް